އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން ޣައްސާނާއި ސައީދު މިރޭ ފުލުހަށް ހާޒިރުކުރަނީ

25 މާރޗް 2022: "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާޗް މަހުގެ 25 ވަނަ ދުވަހު އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލާ "ނޭވާ ހޮޅިއަށް"ގެ ނަމުގައި ކުރި މުޒާހަރާއާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސައީދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 09:30ގައި ކަމަށާއި ޣައްސާނު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 10:30ގައި ކަމަށެވެ.

އެ ދުވަހުގެ މުޒާރާގައި މެންބަރު ސައީދާއި މެންބަރު ޣައްސާންގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހައްޔަރުކޮށްފައިވާއިރު، ބައެއް ކައުންސިލަރުން ވެސް ހައްޔަރުކޮށްފައިވެއެވެ.

ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔުމަށް ފަހު ޣައްސާނާއި ސައީދު ވަނީ ފުލުހުންނަށް ކިޔަމަންވުމުގެ އިތުރުން ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން އެކަމަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ދޫކޮށްލާފައެވެ.

comment ކޮމެންޓް