އެސްޓީއޯ ސަން ބަދިގެ: ޕުޑިން

"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ 10 ވަނަ ދުވަހު މި ގެނެސްދެނީ ޕުޑިން ތައްޔާރުކުރާނެ ގޮތެވެ. ފޮނި ކާތަކެއްޗަށް ލޯބިކުރާ މީހުންނަށް ރޯދަވިއްލާ ގަޑީގައި ކާލަން ޕުޑިން ވަރަށް ރަނގަޅުވާނެއެވެ.


ބޭނުންވާނެ ތަކެތި:

  • 3 ބިސް
  • 1 ސައިސަމުސާ އެސެންސް
  • ގެރިކިރު ދަޅެއްގެ ދެބައިކުޅައެއްބައި
  • ފުލް ކްރީމް މިލްކް (ގެރިކިރު ހުސްކުރި ދަޅެއްގެ)


ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސްތައް ތަޅާލުމަށްފަހު ރަނގަޅަށް ގިރާލާނީއެވެ. އެއަށްފަހު އެސެންސް ސަމުސަލާއި ގެރިކިރު އެޅުމަށްފަހު އެއްކޮށްލާނީއެވެ.

ރަނގަޅަށް އެއްވުމުން، ކިރު ފޮދު އަޅައި އެއްކޮށްލާނީއެވެ.

ދެން އޮންނާނީ ޕުޑިން ފިހުމަށްޓަކައި ހަކުރު ވިރުވުމެވެ. އެހެންކަމުން، ކުޑަ ޓްރޭއަކަށް ހަކުރު ކޮޅަކާއި ފެން ފޮދެއް އެޅުމަށްފަހު، ހަކުރު ވިރެންދެން ސަމުސަލަކުން ފަތުރާލަން ވަނެއެވެ.

ހަކުރުކޮޅު ވިރި، ރަނގަޅަށް ރަތް ކުލަ އެރުމުން، ކުރިން މިކްސް ކުރި ބައި ޓްރޭއަށް އަޅާނީއެވެ.

ޕުޑިން ފިހުމަށްޓަކައި، އެހެން ޓްރޭއަކަށް ފެން އެޅުމަށްފަހު އޭގެ ތެރެއަށް ކުޑަ ޓްރޭލައި، އަވަނަށް ލާނީއެވެ. ޕުޑިން ފިހަން އުނދުންވެސް ބޭނުން ކުރެވިދާނެއެވެ. ފިހެ ނިމުމުން ހުންނާނީ ޕުޑިން ތައްޔާރުވެފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: އައިމިނަތު ނަޒުލާ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް