ހޯރަފުށީ އެއާޕޯޓް އެ ރަށާ ވަކިކުރަނީ

ހޯރަފުށީ ފަޅުގެ ހުޅަނގު ދެކުނުން ބައެއް ހިއްކައިގެން ތަރައްގީ ކުރި އެއާޕޯޓު: އެއާޕޯޓް އެ ރަށާ ވަކިކުރަން ވަނީ ނިންމާފައި --

ހއ. ހޯރަފުއްޓާ ގުޅުވައިގެން ހެދި އެއާޕޯޓް އެ ރަށާ ވަކި ކުރުމަށް ނިންމައިފިއެވެ.

ބިން ހިއްކައިގެން ހޯރަފުއްޓާ ގުޅާލައި ހަދާފައިވާ އެއާޕޯޓް މީގެ ކުރިން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ބަންދުކުރަން ވެސް ޖެހިފައެވެ.

ހއ. ހޯރަފުށީ އެއާޕޯޓް ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ ޖުލައި 26 ގައެވެ.

އެ މަޝްރޫޢުގެ ދަށުން ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 90.5 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

"އެއީ ޝޯ ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ ތެރެއިން ހިނގާ ބައެއް. އެ ޕްރޮޖެކްޓްގެ ތެރެއިން ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ ތެރެެއިން އެ މަސައްކަތް ކުރާ ގޮތަށް އޮތީ," ހޯރަފުއްޓާ އެއާޕޯޓް ވަކި ކުރަން ނިންމާފައިވާކަން ހާމަކޮށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މޫސުން ގޯސްވެ ރަންވޭ މައްޗަށް ރާޅުއެރައި ފެންބޮޑުވުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓް ވަނީ މީގެ ކުރިން ބަންދުވެސްކޮށްފައެވެ.

comment ކޮމެންޓް