އެންޒީގެ ރޯދަ ޕްރޮމޯޝަން، "އެންމެ ގާތުން" ފަށައިފި

އެންޒީގެ ބައެއް އުފެއްދުންތައް -- ފޮޓޯ/ އެންޒީ

ރޯދަމަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް އެންޒީއިން ކުރިއަށް ގެންދާ ޕްރޮމޯޝަން މިއަހަރު ވެސް ފަށައިފިއެވެ.

އެންޒީގެ ޕްރޮމޯޝަން މި އަހަރު ފަށާފައިވަނީ "އެންޒީ ރޯދަ މަސް އެންމެ ގާތުން" ގެ ނަމުގައެވެ.

މި ޕްރޮމޯޝަނުގެ ދަށުން، އެންޒީގެ ފިހާރަތަކުން 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ބައިވެރިވެވޭނެއެވެ. އަދި، ކޮންމެ ހަފުތާއަކު ނަސީބުވެރި ދެ ފަރާތަކަށް 5000 ރުފިޔާ ލިބޭނެއެވެ.

މިއަދުން ފެށިގެން އަންނަ މޭ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.

އެންޒީގެ އުފެއްދުންތަކުގެ އިތުރުން ބޭރުގެ ބައެއް އުފެއްދުނަތްއް ވެސް އެ ކުންފުނީގެ ފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް އެންޒީއިން ބުނެއެވެ.

comment ކޮމެންޓް