މާލެ ސިޓީގެ ހުރިހާ ސްޕީޑް ބްރޭކަރުތަކެއްގައި ދަވާދު އައުކޮށް ނިމިއްޖެ

މާލެ ސިޓީގެ ހުރިހާ ސްޕީޑް ބްރޭކަރު ތަކުގައި ދަވާދު އާކޮށް ނިންމައިލުން -- ފޮޓޯ/ ކައުންސިލް

މާލެ ސިޓީގެ ހުރިހާ މަގުތަކެއްގައި ހުރި ސްޕީޑްބްރޭކަރު ތަކެއްގައި ދަވާދު އާކޮށް ނިންމައިފިއެވެ.

ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާބެހޭ މަސައްކަތްތަކާ ހަވާލުވެ ހުންނެވި ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ ސްޕީޑް ބްރޭކަރު ތަކުގައި ދަވާދު އާކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް ހެދި ސްޕީޑް ބްރޭކަރު ހިމަނައިގެން 323 ސްޕީޑް ބްރޭކަރުގައި ދަވާދު އާކޮށް ނިންމާފައިވާ ކަމަށެވެ.

ރަމީޒު އިތުރަށް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރޭމްޕް ހެދުމުގެ މަސައްކަތްތައް ވެސް ވަރަށް ކާމިޔާބު ކަމާއެކު ކުރަމުން އަންނަ ކަމަށެވެ.

މަގުތަކުގައި ރޭމްޕް ހެދުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ ކައުންސިލް

އެގޮތުން މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރު ފެށުނު ފަހުން މިއަދާއި ހަމައަށް މުޅިން އަލަށް 103 ރޭމްޕް ހަދައި ނިންމާފައިވާ ކަމަށްވެސް ރަމީޒް ވިދާޅުވިއެވެ.

ހިނގައިފައި ދާ މީހަކު މަގު ހުރަސް ކުރުމުގެ ބޭނުމުގައި ކަފިހި ހުރަހެއް ކައިރިއަށް މަޑުކޮށްފި ނަމަ ދުއްވާފައި ދާ ވެހިކަލްތައް އެ ކަފިހި ހުރަސް ކައިރިން ހުއްޓުމަށްފަހު، މަގު ހުރަސް ކުރާން ބޭނުންވާ މީހާއަށް ފުރުސަތު ދިނުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ މިފަދަ ޤަވައިދު ތަކަށް އަމަލު ކުރަނީ ދުއްވާ މީހުންގެ ތެރެއިން ވަރަށް މަދު ބައެކެވެ.

comment ކޮމެންޓް