ނައްތާލަން ބޭނުންވާ ބާ މުސްހަފުތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: އާދަމް އާޒިމް

މާލޭ ސަރަހައްދުގެ ގެތަކުގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި، ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، މާލެ ސިޓީ ކައުންސިލާ ހަވާލު ކުރެވޭ ނިޒާމެއް ގާއިމު ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

މިއަދު މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، މިގޮތަށް ލިޔުން ނައްތާލަން ނިންމައިފައިވަނީ ކޮންމެ އަހަރަކު ދެ ފަހަރު ކަމަށެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ފަހަރު، އެފަދަ ތަކެތި މާލެ ސިޓީ ކައުންސިލުގެ އިދާރާއަށް ބަލައިގަންނަން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި މުއްދަތު އަންނަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ދުވަސްތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް އެ ކައުންސިލުގެ އާންމު ޚިދުމަތާ ބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުގައި ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

comment ކޮމެންޓް