ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް: ގދ. އަތޮޅުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފިޔޯރީއަށް

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެސްއެފްއީ ޓީމު -- ފޮޓޯ / އެސްއެފްއީ

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (އެސްއެފްއީ)އިން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލްގައި އެސްއެފްއީން ޗެމްޕިއަންކަން ހޯދީ ކާއްޑޭ ސްޕޯޓްްސް އެކަޑަމީ (ކޭއެސްއޭ) ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު އެސްއެފްއީ އިން ކާމިޔާބުކުރީ 25- 16 އިންނެވެ. އަދި ފަހު ދެ ސެޓު ވެސް ކާމިޔާބުކޮށްފައިވަނީ 25،21 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްއެފްއީގެ އައިމިނަތު އިބްރާހީމްއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ކޭއެސްއޭގެ އާމިނަތު ސިޔާހަތު، ފާތިމަތު ޝިޔާނާ، އެސްއެފްއީގެ އައިމިނަތު އިބްރާހީމް، އަލްމާސް ރަޝީދު، އައިމިނަތު ހަމީޒާ އަޙުމަދު (ލިބަރޯ)، ސުހައިލާ އުސްމާން އަދި ޒަހީރާ ޙަސަންއެވެ.

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެސްވީވައިގެ އަރޫޝާ އިބްރާހީމްއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ އެސްއެފްއީގެ އައިމިނަތު އިބްރާހީމްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެސްއެފްއީގެ ޒާދީ އިބްރާހީމްއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ އެސްވީވައިގެ އަޙުމަދު ހަމީދު، މުޙައްމަދު އިބްރާހިމް ދީދީ، މުޙައްމަދު ނާއިލް، އުސާމަތު އަޙުމަދު، އެސްއެފްއީގެ އަޖުވަދު މުޙައްމަދު އަދި ތޯހާ ނާފިޒްއެވެ.

ފިރިެހެން ޑިވިޝަންގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުނެތެރިޔަކަށް ހޮވުނީ ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި)ގެ މުޙައްމަދު ނާއިލްއެވެ. އެންމެ މޮޅު ކޯޗަކަށް ވެސް ހޮވުނީ އެސްވީވައިގެ އަޙުމަދު ސަޢީދުއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްވީވައިގެ އުސާމަތު އަޙުމަދެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި)އެވެ. އަދި ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (އެސްއެފްއީ)އެވެ.

މިއީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށާއި އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގަދަކުރުމަށާއި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ޔޫތު މިނިސްޓްރީއާއި ވީއޭއެމްއިން ކުރާ މަސައްކަތެއް ކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް ޢަލީ އަޝްރަފް ވިދާޅުވެއެވެ.

comment ކޮމެންޓް