ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ވާދޫ ބަލިކޮށް ކާއްޑޭން ފައިނަލްގެ ފަހު ޖާގަ ހޯދައިފި

މިއަދު ހަވީރު ކޭއެސްއޭ އާއި އެސްވީވައި ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / ވީއޭއެމް

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ އަންހެން ޑިވިޝަންގައި މިއަދު ހަވީރު ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި) ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ކާއްޑޭ ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ)އިން ހޯދައިފިއެވެ.

ކޭއެސްއޭ އިން ފައިނަލްގެ ފަހު ޖާގަ ހޯދާފައިވަނީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ފުރަތަަމަ މެޗުގައި އެ ޓީމު ވަނީ ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (އެސްއެފްއީ)އަތުން ބަލިވެފައެވެ. މިއަދުގެ މެޗުން ބަލިވި އެސްވީވައި ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.

މިއަދުގެ މެޗު ކޭއެސްއޭ އިން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ކޭއެސްއޭ އިން ކާމިޔާބުކޮށްފައިވަނީ 25-19، 15-14 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭއެސްއޭގެ ފާތިމަތު ޝިޔާނާއެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ އެސްއެފްއީ އިން ހޯދާފައިވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކުއެވެ.

އެސްއެފްއީ އާއި ކޭއެސްއޭ ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 16:15 ގައެވެ.

comment ކޮމެންޓް