އޭސް ހާޑްވެއާގެ އާ ފިހާރައެއް ހުޅުވައިފި، އާ ބާވަތްތަކުގެ މުދާ ލިބޭނެ

މާލޭގައި ހުޅުވި އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރަ: ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއް ގައި އެތަނުން ލިބޭ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އާބާވަތްތަކެއްގެ މުދާލިބޭ އޭސް ހާޑްވެއާގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

މަޖީދީމަގުގައި، ގަލޮޅު އަލިކިލޭގެ ފާނުމަގަށްވާ ކަންމަތީގައި "އޭސް ހޯމް ސެންޓަރ" ގެ ނަމުގައި ހުޅުވި މިފިހާރައަކީ އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރައެވެ.

އޭސް ހާޑްވެއާގެ ރޯދަ ޕްރޮމޯޝަނާ ދިމާކޮށް ހުޅުވި މިފިހާރަ ހުޅުއްވައިދެއްވީ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިން ޑިރެކްޓްޓަރު ޢައްބާސް މުޙައްމަދެވެ.

މާލޭގައި ހުޅުވި އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރަ: ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއް ގައި އެތަނުން ލިބޭ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހަތަރު ފަންގިފިލާ ހިމެނޭ މިފިހާރައިން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކުގައި ނުހުންނަ މުޅިން އާ ބާވަތްތަކުގެ މުދާ ލިބެންހުންނާނެއެވެ. އޭގެތެރެއިން "ބެޑިންގެ" މުޅިން އާ ލައިނެއް ހިމެނެއެވެ. ރޯދަ ޕްރޮމޯޝަނާ ދިމާކޮށް ހުޅުވި މި ފިހާރައިގައި ގިނަ އަދަދެއްގެ ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރާ ސާމާނުގެ އިތުރުން ކުޑަކުދިންގެ ކުޅޭސާމާނު ހިމެނެއެވެ. އަދި ގޭތެރެ ސާފު ކުރާ ސާމާނާއި އިންސެކްޓިސައިޑްގެ ގިނަ ބާވަތްތައްވެސް ހިމެނެއެވެ.

މާލޭގައި ހުޅުވި އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރަ: ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއް ގައި އެތަނުން ލިބޭ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިން ވެސް ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއް ގައި ލިބެން ހުންނާނެއެވެ.

މުޅި ދެކުނު އޭޝިއާގައި ވެސް ހުޅުވި އޭސް ފްރެންޗައިސްގެ ފުރަތަމަ ފިހާރަ ރާއްޖޭގައި ހުޅުވީ ޑިސެމްބަރު 15، 2011 ގައެވެ. އޭގެ ދެ އަހަރު ފަހުން ޑިސެމްބަރު 19، 2013 ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ހެންވޭރުގައި ވަނީ ހުޅުވާފައެވެ.

މާލޭގައި ހުޅުވި އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރަ: ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއް ގައި އެތަނުން ލިބޭ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާ ގުޅިގެން ފެށި ވިޔަފާރި އެކެވެ.

comment ކޮމެންޓް