ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން އަންނަ ހަފްތާގައި ބާއްވަނީ

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ގައުމީ ޔުނިޥަސިޓީ

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބޭއްވުމަށް އެ ޔުނިވާސިޓީން ނިންމައިފިއެވެ.

އެމްއެންޔޫއިން މިއަދު ބުނީ މި ފަހަރުގެ ދަސްވެނިވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދުވަސް ތެރޭ، ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ދަންފަޅިތައް ބެހިފައިވާ ގޮތަކީ:

  • ފުރަތަމަ ދަންފަޅި، ހޮނިހިރު ދުވަހު ހެނދުނު، ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުން
  • ދެވަނަ ދަންފަޅި ހޮނިހިރު ދުވަހު ރޭގަނޑު، ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އަދި، ޝަރީޢާ އެންޑް ލޯގެ ދަރިވަރުން
  • ތިންވަނަ ދަންފަޅި، އާދީއްތަ ދުވަހު ހެނދުނު، ފެކަލްޓީ އޮފް އާޓްސް، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ސްކޫލް އޮފް ނާސިންގެ ދަރިވަރުން
  • ހަތަރުވަނަ ދަންފަޅީ، އާދީއްތަ ދުވަހު ރޭގަނޑު، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އަދި އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ދަރިވަރުން

މި ރަސްމިއްޔާތު އޮންނާނީ އެމްއެންޔޫގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ. އަދި މިފަހަރުގެ ދަސްވެނިވުން ވީޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް