މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: އަސަފާ، ޒާހިދު އަދި ރައިނާ ރާއްޖެ އަތުވެއްޖެ

މިއަދު ރާއްޖެ އައި އަަސަފާ ޕޮވެލް -- ފޮޓޯ / މިނިސްޓަރު މަޙްލޫފް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް އަވަށްޓެރި ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު އަހްސަން ރެސެލް އާއި އަަސަފާ ޕޮވެލް އަދި ސުރޭޝް ރައިނާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދައްނަވާފައިވަނީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފެވެ.

މީގެ ތެރެއިން ރައިނާ އަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަންއެވެ. އަދި އޭނާ އަކީ މިހާރު ވެސް ކުރިކެޓް ކުޅޭ މޮޅު ކުޅުންތެރިއެކެވެ.

މީގެ އިތުރުން މިއަދު ރާއްޖެ އައި އަސަފާ އަކީ އޮލިމްޕިކްގެ ރަން މެޑަލް ހޯދާފައިވާ މީހެކެވެ. އަދި އޭނާ ވަނީ 100 މީޓަރުން ދުނިޔޭގެ ރެކޯޑު ދެ ފަހަރަކު ހޯދާފައެވެ.

މީގެ އިތުރުން އެވޯޑް ހަފްލާގައި ބައިވެރިވުމަށް ރާއްޖެ އައިސްފައި ވަނީ ވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން، ކުރީގެ ދުނިޔޭގެ އެންމެ މޮޅު ރެފްރީ ޖަރުމަނުގެ މާކަސް މާކް، ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ގޯޑަން ރީޑް އަދި ސްރީ ލަންކާގެ ނެޓްބޯޅަ ލެޖެންޑް ތަރްޖިނީ ސިވަލިންގަމްއެވެ.

comment ކޮމެންޓް