އެވޯޑު ހަފްލާއެއްގައި ބައިވެރިވުމަށް ރާއްޖެ އާދެވުމަކީ އުފަލެއް: އަލްބިން

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް އަލްބިން މިއަދު ރާއްޖެ އައުން -- ފޮޓޯ / ޔޫތު މިނިސްޓްރީ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ރާއްޖެ އާދެވުމަކީީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ދުނިޔޭގެ އެއްވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަން ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އެވޯޑު ހަފްލާއަށް ރާއްޖެ އައުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެ އައުމާ ގުޅ|ޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.

"އަހަރެން މި ހުރީ ވަރަށް އުފާވެފައި. މިދިޔަ ހަފްތާއެއްހާ ދުވަހު އަހަރެން މި ހުރީ ފުރަތަމަ ފަހަރަށް ރާއްޖެ އާދެވޭތީ ވަރަށް އުފާވެފަ. މިއީ ހަމަ ހުވަފެނެއް ހަގީގަތަކަށްވުން. ވެކޭޝަނަކަށް އަންނަން އުންމީދު ކުރި ނަމަވެސް، މި އާދެވުނީ ސްޕޯޓްސް އެވޯޑް ހަފްލާއަކަށް. މިއީ މާބޮޑު އުފަލެއް،" އަލްބިން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ރާއްޖޭގެ ޕޫލް އެންޑް ބިލިއާޑްގެ ހަރަކާތްތައް ބަލާލުމާއި، ކުޅުންތެރިންނާ ބައްދަލުވެ ވަގުތު ހޭދަކުރެވޭނެކަމަށް އޭނާ އުންމީދުކުރާ ކަމަށެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކުޅިވަރު ޝަޚްސިއްޔަތުންނާއެކު މި ހަފްލާގައި ބައިވެރިވުމަކީ އަލްބިންއަށް ލިބޭ އުފަލެއްގެ ގޮތުގައި އޭނާ ދެކެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްބިންއަށް މަރުހަބާ ދެންނެވީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފެވެެ.

އަލްވިން ވަނީ ޕޫލް ބިލިއާޑުން ދުނިޔޭގެ ޗެމްޕިއަންކަން ދެ އަހަރު ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި ފާއިތުވި 2021 ވަނަ އަހަރުއެވެ. މީގެ އިތުރުން އޭނާ ވަނީ ވޯލްޑް ކަޕް އޮފް ޕޫލްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައެވެ.

މިވަގުތު ދުނިޔޭގެ އެއްވަނަ ޕޫލް ޕިލިއާޑް ކުޅުންތެރިޔާ އަލްވިން ވަނީ ޗައިނާ އޯޕަންގެ ޗެމްޕިއަންކަމާއި ޕޫލް ބިލިއާޑްގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާކަން ވެސް ހޯދާފައެވެ.

comment ކޮމެންޓް