ސެމްސަންގުގެ އެންމެ ފަހުގެ ފޯނުތައް ޕްރީއޯޑާ ކުރުމުގެ ފުރުސަތު މެކްސްކޮމް އިން

ސެމްސަން ގެލެކްސި އެސް22 ލައިންއަޕްގެ ފޯނުތައް ---

ސެމްސަންގުން އެންމެ ފަހުން އިއުލާނުކުރި ގެލެކްސީ އެސް22 ލައިންއަޕްގެ ފޯނުތައް ޕްރީއޯޑާ ކުރުމަށް އެ ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު، މެކްސްކޮމް އިން ހުޅުވާލައިފިއެވެ.

މެކްސްކޮމްއިން ބުނީ މި ފޯނުތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން، ހެޔޮ އަގުތަކެއްގައި އެ އުފެއްދުންތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެކަމަށެވެ.

ހަމައެއާއެކު، އެ ކުންފުނި މެދުވެރިކޮށް ފޯނު ގަންނަ މީހުންނަށް އޮރިޖިނަލް ކަވަރަކާއި، ގެލެކްސީ ބަޑެއް ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މެކްސްކޮމްއިން ބުންޏެވެ.

މި ފޯނުތައް ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ:

  • ގެލެކްސީ އެސް22 256ޖީބީ (ފެންޓަމް ބްލެކް) - 19،500ރ.
  • ގެލެކްސީ އެސް22 ޕްލަސް 256ޖީބީ (ބްލެކް، ގްރީން، ޕިންކް ގޯލްޑް) - 23،450ރ.
  • ގެލެކްސީ އެސް22 އަލްޓްރާ 256ޖީބީ (ބްލެކް، ވައިޓް، ގްރީން، ބާގަންޑީ) - 28،900ރ.
  • ގެލެކްސީ އެސް22 އަލްޓްރާ 512ޖީބީ (ބްލެކް، ވައިޓް، ގްރީން، ބާގަންޑީ) - 32،500ރ.

މެކްސްކޮމް އިން ދަނީ ސެމްސަންގަށް ޚާއްޞަ ސާވިސް ސެންޓަރެއް ވެސް ހިންގަމުންނެވެ. މި ސެންޓަރުން އެ ކުންފުނީގެ ފޯނާއި ޓެބްލެޓް މަރާމާތުކުރުމުގެ ޚިދުމަތް ލިބެން ހުރެއެވެ.

ޗައިނާގެ ވާވޭ ކުންފުނީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން ވެސް ކުރަމުން އަންނަ މެކްސްކޮމް އިން ބުނީ އެ ކުންފުންޏާ ގުޅިގެން ރީސެލިންގެ ޚިދުމަތް ދިނުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

comment ކޮމެންޓް