އީއެލްއޭ އެމްވައިއެމް ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކަށް ސަން

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން

އެމްވައިއެމް އިން އިންތިޒާމުކޮށްގެން ނ. މިލަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އީއެލްއޭ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2022" ގެ މީީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި ސަން ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްވައިއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް ހުސައިން މަދީހު އަބޫބަކުރެވެ. އަދި ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އަހުމަދު މުސްލިމެވެ.

އެމްވައިއެމް އިން ބާއްވާ ފަސްވަނަ ފޯޓުބޯޅަ މުބާރާތް ކުރިން ބާއްވާފައިވަނީ އެމްވައިއެމް ޗެލެންޖް ކަޕުގެ ނަމުގައެވެ.

އެ މުބާރާތުގެ މަގުސަދަކީ ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ކުޅަދާނަ މޮޅު ފުޓުސަލް ކުޅުންތެރިންތަކެއް އުފެއްދުމެވެ.

މި އަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ ހަތަރު ރަށަކުން ބައިވަރިވާނެއެވެ. އެއީ މުބާރާތް ބާއްވާ ރަށް މިލަދޫގެ އިތުރުން ޅޮހި، މަގޫދޫ އަދި މަނަދޫއެވެ.

މިހާތަނަށް މިލަދޫގައި ބޭއްވޭ އެންމެ ފޯރިގަދަ ބޮޑު މުބާރާތް ކުރިއަށް ދާނީ މެއި 26 ވަނަ ދުވަހުން ފެށިގެންނެވެ.

މުބާރާތުގެ މެއިން ސުޕޮންސަރ އަކީ އެލީޓް ލޯ އެސޯސިއޭޓްސް އެލް އެލް ޕީއެވެ. އަދި ކޯ ސްޕޮންސަރ އަކީ އޭޭޓީވައިޒެޑު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ.

comment ކޮމެންޓް