އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު މިރޭ، ބައްދަލުކުރާނީ ސަސްޕަޓިސް އާއި ބްލަޑްޒް

ގްރޫޕް ސްޓޭޖުގައި ސަސްޕަޓިސް އާއި ބްލަޑްޒް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެމްވައިއެމް

މިލަދޫ ޔޫތު މޫވްމަންޓު (އެެމްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ ފައިނަލް މެޗު މިރޭ ކުޅޭއިރު އެ މެޗުގައި ސަސްޕަޓިސް އަދި ބްލަޑްޒް ބައްދަލުކުރަން ހަމަޖެހިއްޖެއެވެ.

އެމްވައިއެމްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިރޭގެ ފައިނަލު މެޗު ކުޅެން ހަމަޖެހިފައިވަނީ މިރޭ 9:00 ގައި ކަަމަށެވެ.

މިލަދޫ ފުޓްސަލް ދަނޑުގައި ކުޅެން ހަމަޖެހިފައިވާ އެ މެޗުގައި ބައްދަލުކުރާނީ ސަސްޕަޓިސް އަދި ބްލަޑްޒްއެވެ.

ސަސްޕަޓިސް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލް މެޗުގައި ޔުނައިޓެޑް 3-5 ބަލިކޮށްގެންނެވެ. އަދި ބްލަޑްޒް ފައިނަލަށް ދަތުރުކުރީ 3-7 މަޖިސްޓާ ބަލިކޮށްގެންނެވެ.

ފައިނަލުގައި މިރޭ ބައްދަލުކުރާނެ ދެ ޓީމަކީ ވެސް އެ މުބާރާތުގެ ގުރޫޕް ބީގައި ހިމެނޭ ދެ ޓީމެވެ. އެ ގުރުޕޫގެ އެއްވަނަ ލިބިފައިވަނީ ސަސްޕަޓިސް އަށެވެ. އެ ޓީމަށް ގުރޫޕްގެ އެއްވަނަައިގައި އެ ޓީމު އޮތީ ނުވަ ޕޮއިންޓާއެކުގައެވެ. އަދި ގުރޫޕްގެ ދެވަނައިގައި ބްލަޑްޒް އޮތީ ހަ ޕޮއިންޓާއެކުގައެވެ.

ސަސްޕަޓިސް އާއި ބްލަޑްޒް ވަނީ އެ ގުރޫޕްގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައެވެ. އެ މެޗު ސަސްޕަޓިސް ވަނީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް