އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުން މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށާއި، އެ މަޝްރޫއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކަނީ އެ މަޝްރޫއަކީ ވިޔަފާރީގެ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކުރީ ސަރުކާރުގައި އެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީއާއި ހަވާލުކޮށްގެން ހެދި ދިރާސާއާއި، މި ސަރުކާރުގައި ހެދި ދިރާސާތަކުން ވެސް އެ މަޝްރޫއަކީ ފީޒިބަލް ކަމެއް ކަމަށް ނުދައްކާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން ޓެންޑާ ކުރިން. ޓެންޑާކުރީމަ ކުރިމަތިލީ ހަ ޕާޓީއަކުން ކުރިމަތިލީ، ކުރިމަތިލީ އިރުގަ އެ ހަ ޕާޓީ އަކީ ވެސް އެކަން ކުރާ ބައެއް ނޫން އަދި ފައިނޭންޝަލް ކެޕޭސިޓީ ހުރި ބައެއް ވެސް ނޫން،" ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގައި އެފަދަ ބަނދަރެއް ނުހެދި ލަސްވުމުން، ކައިރި ގައުމުތަކުގައި އެފަދަ ވަސީލަތްތައް ތަރައްގީ ވެފައި ހުރުން ކަމަށެވެ.
"އެހެންވީމަ މިވާގޮތަކީ، ކޮމާޝަލީ އިންވެސްޓަރަކު އައިސް ގާތްގަނޑަކަށް ހައެއްކަ މިލިއަން ޑޮލަރު ހަރަދުކުރާއިރުގައި ގާތްގަނޑަކަށް ފަނަރަ ވަރަކަށް އަހަރު އެބަ ނަގާ އޭތި ރިޓާން ވާން،" އޭނާ ވިދާޅުވިއެވެ.
އަދި ސަރަހައްދީ އެހެން ބަނދަރުތަކާ ވާދަކުރާއިރު، ރާއްޖޭގައި ހަދާ ބަނދަރެއްގައި ހުންނާނެ ހަމައެކަނި ރަނގަޅު ތަފާތަކީ ސީދާ ބޯޓުތައް ދަތުރުކުރާ މަގުގައި އޮތުން ކަމަށެވެ.
"އެތަންތަނުގެ ހިންގުމުގެ ހަރަދު ކުޑަ ރާއްޖެއަށް ވުރެ، މީހުންގެ މުސާރަކަމަށް ވިޔަސް އަދި މެޓީރިއަލް ކަމަށް ވިޔަސް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެހެން ކަން ހުރި ކަމުގައި ވިޔަސް، ވިސްނުމަކީ ސަރުކާރުގެ ކުންފުނިތައް މެދުވެރި ވެގެން ނަމަވެސް އެކަން ކުރުން ކަމަށެވެ. މިހާރުވެސް އެކަން ކުރުމަށް އިތުރު ވިސްނުންތަކެއް ގެންގުޅެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު ވެސް ކްރޫ ޗޭންޖާއި، ސެކިއުރިޓީ ކްލިއަރެންސް އަދިވެސް ބަންކިން އާއި ގުޅޭ އެކި ހިދުމަތްތައް ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި، އަދި އެމްއެންޑީއެފްއާއި ވެސް ވާހަކަދައްކަމުން މިދަނީ،" ފައްޔާޒް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލާ ގަރާރެއް ހުށަހަޅުއްވާފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމެވެ.
comment ައަހުމަދް
3 year 2 month ago
މީ ދިވެއްސެއް ލާރި އެބަހުރި އިންވެސްޓަރުން އެބަތިބި.، ބައި އަޅަން ނުޖެހޭގޮތައް އޯޕަން ކޮއްލައްވަންވީނޫންތޯ ؟؟؟ އެއްޗެކޭ ކިޔާފަ ބްރޯ ކަޓު ބޭނުންވަނީ !؟!؟ ހަގީގަތް ބްރޯ ބޭނުންގިތް ނޫން ގޮތެއްނެތް ؟ ކީއްވެތޯ އޯޕަން ނުކުރަނީ ؟؟؟
comment ވާލުސޮރު
3 year 2 month ago
ސައްލެ މަޖިލިސް ކެންޕޭނަށް ހެދި ވައުދުނާމާ ޗޮކުން ދިޔައީ ދޯ. ކީހާޅެން ތިޔަވީ ފަރިއްސަކަންނު. ދެން ބިމަށް ތުން ހަރައިގެން އިނުންނޫން ގޮތެއް ނެތް
comment ސަމާން
3 year 2 month ago
ކަލޭމެންނައް އޮންނާނީ އިންޑިޔާގެ މަސްލަހަތައް ރާއްޖޭގެ ތަރައްގީ އަބަދުވެސް ފާއިތުވެފަ. މިހާރުވެސް ރައީސް ޔާމީން ވެރިކަމައް އަރާއިރަށް ތިޔަ މެގަ ޕުރޮޖެކްޓުތައް ފެށިގަންނާނެ. ގައުމާއި ދީނައް ވަފާތެރިބަޔަކު ތިބެގެން ނޫނީ ބޮޑެތި ކުރިއެރުންތަކެއް ނުލިބޭނެ. ޚާއިނުން ލައިގެން އަބަދުވެސް ކުދި ކުދި ކޫސަނި ކަންކަންކޮށްފަ ދަޅަދެއްކުން ނޫންކަމެއް ނޯންނާނެ.
comment ާއަހުމަދު
3 year 2 month ago
މީގެން މި ފެންނަނީ އިންޑިއާއަށް އަޅުވެތިވެފައިވާ މިންވަރު. ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދާކަށް އިންޑިއާ އިން ބޭނުމެއް ނުވޭ..