ރައީސް ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުވައި ދެއްވައިފިއެވެ.

އެމަނިކުފާނު ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވީ، ހއ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅު ތެރެއިންނެވެ.

މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހެދި، ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ދަނޑެކެވެ.

ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ވަނީ، ތުރާކުނުގައި މި ސަރުކާރުން ގާއިމްކުރި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައި ދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.

މިއީ ވެސް އެގޮތުން ހިންގުނު މަޝްރޫއުތަކެކެވެ.

comment ކޮމެންޓް