ސައިކަލަކުން ވެއްޓުނު މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެނީ

ހުޅުމާލޭ ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓުނު މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ސައިކަލަކުން ވެއްޓުނު 29 އަހަރުގެ އަންހެނަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު 16:25 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވިއެވެ.

އެ އަންހެން މީހާ ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. އަންހެން މީހާ ވެއްޓިފައި އޮތް ސަރަހައްދުގައި ލޭ ވެސް ހުއްޓެވެ.

އެ އަންހެން މީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން އަދި ނުބުނެއެވެ.

comment ކޮމެންޓް