އިޒްރޭލުން ސީރިއާގެ ވެރިރަށް ދިމިޝްޤުގެ ދެކުނަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.
މިއީ ފެބްރުއަރީމަހުގައި އިޒްރޭލުން ސީރިއާއަށް ދިން ދެވަނަ ހަމަލާއެވެ.
މި މަހުގެ ފުރަތަމަކޮޅުގައި ސީރިއާގެ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އިއްޔެގެ ހަމަލާ އިޒްރޭލުން އަމާޒުކޮށްފައިވަނީ ސީރިއާގެ ސިފައިންގެ ޕޯސްޓެއް ހުންނަ ސަރަހައްދަކަށެވެ.
އިއްޔެ އިޒްރޭލުން ދިން ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް މީހުންގެ ބައެއް މުދަލަށް ގެއްލުން ލިބިފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އިޒްރޭލުން ވަނީ ސީރިއާ ހަނގުރާމައިގައި އެތައް ފަހަރެއްގެ މަތިން ސީރިއާއަށް ހަމަލާތައް ދީފައެވެ. ނަމަވެސް އެފަދަ ކަމެއް ހިންގާކަމަށް އެ ގައުމުން އެއްބަހެއް ނުވެއެވެ.