ލަންކާގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް ހަދައިފި

ގެއްލިގެން ހޯދަމުން ދަނިކޮށް ޒަހަމްތަކަކާ އެކު ފެނުނު އަފްހަމް ނަސީރު ----

ސްރީލަންކާއިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާފެނުނު އަފްހަމް ނަސީރުގެ ޕޯސްޓްމޯޓަމް މިއަދު ހަދައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަފްހަމްގެ އާއިލާއިން މިހާރު ގެންދަނީ ޖަނާޒާގެ ކަންތައް ހަމަޖައްސަމުން ކަމަށެވެ.

"މިރޭގެ ވަގުތެއްގައި ޖަނާޒާ ބޭއްވުމަށް އާއިލާއިން އަންނަނީ މަސައްކަތްކުރަމުން،"މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ލަންކާގައި ބިޒްނަސްއިން މަތީ ތައުލީމު ހާސިލްކުރަމުންދިޔަ އަފްހަމް ނަސީރު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ރެއިލްވޭ ދަނގަޑެއް ކައިރިން އޭނާގެ ހަށިގަނޑު ފެނުންއިރު ކަރުގައި ޒަޚަމްތަކާއެކު އަތުގައި ވަޅިއެއްއޮތެވެ.

comment ކޮމެންޓް