ފުލުހަކު ގެއްލިގެން ހޯދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ފުލުހުންތަކެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރޭ އައްޑޫގައި ޑިއުޓީގައި ހުރި ފުލުހަކު ގެއްލިގެން ހޯދަނިކޮށް، މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ، އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖު ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެޔަށް ނުދާ ކަމުގެ ރިޕޯޓު ލިބިގެން، ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 12:40 އެހާކަންހާއިރު ކަމަށެވެ.

އެކަމަކު، އެއީ އެ ވަގުތު ޑިއުޓީގައި ހުރި ފުލުހެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ފުލުސް މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަނިކޮށް، އޭނާ ފެނިފައިވަނީ ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދު މޫދުންނެވެ. އެ މީހާ ފެނުނީ ރޭ 1:40 އެހާކަންހާއިރެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ނިޔާވެފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް