އައްޑޫގައި މޫދަށް އެރި އުޅުނު އަންހެނަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ: ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މޫދަށް އެރި އުޅުނު އަންހެނަކު ވަނީ ނިޔާވެފައި -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީ ހިތަދޫގައި މިއަދު މޫދަށް އެރި އުޅުނު އަންހެނަކު ނިޔާވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 60 އަހަރުން މަތީގެ އަންހެނެކެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި ޚަބަރު ހުސްވެފައި އޮއްވައި ފެނުނީ ހަޔެއް ޖަހައި އެހާކައްހާއިރުގައެވެ.

އެ ސަރަހައްދަށް ގޮސް ތިބި ބަޔަކަށް އެ މީހާ ފެނުމާއެކު ނަގައި، ފުލުހުންނަށާއި އެމްބިއުލާންސަށް ގުޅި ކަމަށާއި އެމްބިއުލާންސުން ގެންދިޔައީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ކަމަށް "ސަން"އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.

comment ކޮމެންޓް