އެމްޓީޑީން ގޮވައިލީ ޕީޕީއެމް އަލުން ރިފޯމް ކުރުމަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފާޒު މޫސާ

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަލުން ރިފޯމް ކުރަންޖެހޭ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) އިން ގޮވައިލައިފި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ، ހުންނަވައި އުފެއްދި އެމްޓީޑީން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ޕީޕީއެމް ބަލިވި ބަލިވުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު މިއަދު ނެތްކަމެވެ.

"ދެހާސް ފަނަރައިގެ ފަހުން ހުރިހާ އިންތިހާބަކުން ވީބަލި. ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާއަތެއް. ރިފޯމް ޕީޕީއެމް،" އެމްޓީޑީން ބުންޏެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަ ކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކީ މޫސާ ފަތުހީއެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު ވާދަ ކުރިއިރު އެމްއެންޕީން ވާދަ ކުރީ އަބްދުލްހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާއިން އިދިކޮޅަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާއި ގުޅުވައިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދުގެ އިންތިހާބަކީ ޕީޕީއެމަށް ލިބުނު ކާމިޔާބީއެކޭ ބުނަން ޖެހޭ ސަބަބުތައް ގިނަ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި އިންތިހާބާ ގުޅިގެން ފެނުނީ ދައުލަތުން ސަރުކާރުގެ ހުރިހާ ބާރަކާއި ނުފޫޒެއް ބޭނުން ކޮށްގެން މަސައްކަތް ކުރަމުން ދިޔަ ތަން ކަމަށެވެ.

comment ކޮމެންޓް