ސަވާދީއްތަ ދަތުރު ހޯރަފުށިން ފަށައިފި

"ސަވާދީއްތަ ދަތުރު"ގެ ބައިވެރިން ހޯރަފުށްޓަށް އައުން --- ފޮޓޯ: އެމްއައިޓީޑީސީ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމުކުރާ "ސަވާދީއްތަ ދަތުރު" މިއަދު ހއ.ހޯރަފުށިން ފަށައިފިއެވެ.

ދަތުރު ފެށުމުގެ ގޮތުން މިއަދު ހޯރަފުށީގައި ވަނީ ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. އެ ހަފްލާގައި ދިވެހި ސަގާފީ ބައެއް ހުށަހެޅުންތައް ހުށަހަޅައިދީފައި ވެއެވެ.

މިއަދު ދަތުރު ފެށިއިރު ޖުމްލަ 12 ޔޮޓެއް ދަތުރުގައި ވަނީ ބައިވެރިވެފައެވެ. ކުރިއަށް އޮތް ތިން ހަފްތާއަށް ދެމިގެންދާ މި ދަތުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ ބ.އަތޮޅުންނެވެ.

މި ދަތުރުގައި ޔޮޓުތައް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާ ހިމެނެއެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ޔޮޓުތައް ހިމެނޭކަން ފާހަގަކުރެވެއެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްދާ ހަރަކާތެކެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު "ސަން"އަށް ވިދާޅުވީ މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލެއްވި ގޮވާލެއްވުމަށް ދެވޭ އިޖާބައެއް ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ރެލީ ތަކަކީ ރާއްޖޭގެ ތާރީހާއި ސަގާފަތު ފަތުރުވެރިންނަށް ދައްކާލެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މި ދަތުރަށް "ސަވާދީއްތަ" ދަތުރުގެ ނަން ދީފައިވަނީ ބޮޑުތަކުރުފާނުގެ ރަސްކަމުގެ ކޮލީ ނަންފުޅަށް ނިސްބަތްކޮށެވެ. އެ ރަދުންގެ ކޮލީ ނަންފުޅަކީ "ސިރީ ސަވާދީއްތަ މަހާރަދުން"ނެވެ.

comment ކޮމެންޓް