އައިޖީއެމްއެޗްގެ ރޫޓިން ސާޖަރީތައް މެދުކަނޑާލައިފި

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފައިލް ފޮޓޯ

ހަލުވިކަމާއެކު ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާތީ އައިޖީއެމްއެޗްއިން ރޫޓިން ސާޖަރީތައް ހެދުން މެދުކަނޑާލައިފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސް ޑައުންގްރޭޑް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފްތާއަށް ރޫޓިން ސާޖަރީތައް މެދުކަނޑާލާފައިވާ ކަމަށް ބުންޏެވެ. އަދި އެގޮތަށް ސާޖަރީތައް ހަދަން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ނަމަވެސް އެ ހޮސްޕިޓަލްގެ އެމަޖެންސީ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެސް އައިޖީއެމްއެޗްއިން ބުނެއެވެ.

ކޮވިޑަށް ރާއްޖޭން މީހުން ޕޮޒިޓިވްވާ އަދަދު ބޮޑުތަނުން ދަނީ އިތުރުވަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި އެ އަދަދުތައް އިތުރުވާނެ ކަމަށް އެޗްޕީއޭން ލަފާކުރެއެވެ.

comment ކޮމެންޓް