ލަންދޫން ކުއްޅަވަށް ނެތިދާނެކަމުގެ ބިރަށް، ގިނަ އަދަދެއްގެ ކުއްޅަވައް ގަސް އިންދަނީ

ލަންދޫ ޒުވާނުން ކުއްޅަވައް ގަސް އިންދަނީ --

ނ. ލަންދޫން ކުއްޅަވައް ނެތިދާނެކަމުގެ ބިރު އޮތުމުން އެ ރަށު ޒުވާނުންތަކެއް އިސްނަގައިގެން ކުއްޅަވައް ގަސް އިންދަން ފަށައިފިއެވެ.

އެކަމުގައި އިސް ނަގައިގެން އުޅޭ ޒުވާނެއް ކަމުގައިވާ އަހްމަދު ރަޝީދު (ލައިބް) "ސަން"އަށް ބުނީ އެންމެ ފަހުން އެ ރަށުން ގޯތި ދޫކުރިއިރު ގިނަ ކުއްޅަވައް ގަސްތަކެއް ވަނީ ނަގާފައެވެ.

ލައިބް ބުނީ މިއީ އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ލިއެސްއާއި އެ ރަށުގެ ޒުވާނުން ގުޅިގެން ހިންގާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި މިހާރު 130އެއްހާ ކުއްޅަވައް ގަސް ވަނީ އިންދާފައެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 500އާއި 1000އާ ދެމެދުގެ އަދަދަކަށް ގަސް އިންދުން،" ލައިބް ބުންޏެވެ.

ލަންދޫ ޒުވާނުން ކުއްޅަވައް ގަސް އިންދަނީ --

މި ހަރަކާތުގައި ގަސްތައް އިންދަނީ އެ ރަށުގެ ޗަކަބިން ތަކުގައެވެ. އެ ގަސްތަކަކީ ގޯތި ދޫކުރި އިރު އެތަނުގައި އޮތް ޗަކަބިންތަކުގައި ހުރި ގަސްތަކެއް ކަމަށް ލައިބް ބުންޏެވެ.

ލަންދުއަކީ ރާއްޖޭގައި ކުއްޅަވައް އެންމެ ތިޔާގި ރަށެވެ. އެ ރަށުގައި މީގެ ކުރިން ގިނަ ކުއްޅަވައް ގަސްތަކެއް ހުންނައިރު މިހާރު ގިނަ ގަސްތައް ވަނީ ގޯތި ދޫކުރަން ނަގާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް