އެމް ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް މިހާރު ފައިސާ ދެއްކޭނެ

ނ ލަންދޫ --- ފޮޓޯ / ޕީއެސްއެމް ނިއުސް

އެމް ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭނެގޮތް އުރީދޫއާ ގުޅިގެން ނ. ލަންދޫ ކައުންސިލުން ފަހި ކޮށްދީފިއެވެ.

ލަންދޫ ކައުންސިލްގެ ހުރިހާ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ އެމް ފައިސާ މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައި ވެސް ހުރެ ފަސޭހަކަމާއި ރައްކާތެރިކަމާއެކު މިހާރު ދައްކާލެވޭނެއެވެ.

އެމް ފައިސާ އަކީ ކޮންމެތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ.

މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކުގެ އިތުރުން އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެއެވެ. މި ޑިޖިޓަލް ވޮލެޓަކީ ރައްޔިތުންނަށް ވީ އެންމެ ފަސޭހަކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް އުރީދޫން ތައާރަފް ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ.

ލަންދޫ ކައުންސިލުގެ ރައީސް އަބްދުލްއަޒީޒު މުހައްމަދު ވިދާޅުވީ ލަންދޫ ކައުންސިލުން އަބަދުވެސް އިސްކަން ދެނީ ހިދުމަތްތައް ފަސޭހަކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށެވެ.

"ކައުންސިލް އިން ނަގަމުންދާ ޕްރީ ސްކޫލް ފީ، ކުނި ފީ ގެ އިތުރުން އަދިވެސް އެހެނިހެން ފީތައް އެމް ފައިސާ މެދުވެރިކޮށް ބަލައިގަތުން ހަމަޖެހިގެން ދިއުމީ ކައުންސިލަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް،" އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަވެގެން ދިއުމުގެ އިތުރުން ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ސަގާފަތް ވެސް ޕްރޮމޯޓްވާނެ ކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދް އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޑިޖިޓަލް ރާއްޖެއެއް އުފައްދައި، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރާ މަސައްކަތާ މި ޕާޓްނާޝިޕް ވަރަށް ބޮޑަށް ގުޅޭ. އަދި މި ޕާޓްނާޝިޕާއެކު އަޅުގަނޑުމެންގެ އަމާޒަކީ ރައްކާތެރިކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމާއި، މި ސަރަހައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުން،" އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.

މި ޕާޓްނާޝިޕާއެކު ޑިޖިޓަލް ލުއިފަސޭހަކަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ދޭ އަހަންމިއްޔަތުގެ ބޮޑުކަން ހާމަވާނެއެވެ. އޭގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމައެއް ގާއިމުކުރުމަށް ލަންދޫ ކައުންސިލުން ގެންގުޅޭ ވިސްނުން ވެސް ރަމްޒުކޮށްދެއެވެ.

comment ކޮމެންޓް