ފަރުނީޗަރުން ބޮޑެތި ޑިސްކައުންޓްތަކާއެކު ދަމާސް "އިޔާ އެންޑް ސޭލް" ފަށައިފި

ދަމާސް އިޔާ އެންޑް ސޭލް ވަނީ ފަށައިފަ -- ފޮޓޯ: ދަމާސް

ދަމާސްއިން ވިއްކާ ފަރުނީޗަރުން ބޮޑެތި ޑިސްކައުންޓް ލިބޭ "އިޔާ އެންޑް ސޭލް" ފަށައިފިއެވެ.

އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ސޭލްގައި ދަމާސްއިން ވިއްކާ ފަރުނީޗަރުގެ ބާވަތްތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

ދަމާސް އިޔާ އެންޑް ސޭލްގައި ހާއްސަ ލަކީޑްރޯއެއް ނަގާނެ ---- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދަމާސްގެ ފަރުނީޗަރު ވިއްކާ ތިން ފިހާރައިގައި އިޔާ އެންޑް ސޭލް ކުރިއަށްދާނެއެވެ.

އެއީ މަޖީދީމަގުގައި ހުންނަ ދަމާސް ކިޗަން، ހަނދުވަރީ ހިނގުމުގައި ހުންނަ އިންޑެކްސް ފާނީޗާ ބައި ދަމާސް އަދި ވައިލެޓް މަގުގައި ހުންނަ ދަމާސް ހޯމް ފިހާރައެވެ.

ދަމާސްގެ ފަރުނީޗަރު ވިއްކާ ތިން ފިހާރައިގައި އިޔާ އެންޑް ސޭލް ކުރިއަށްދާނެ ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން ދަމާސްގެ އީކޮމާސް ޕްލެޓްފޯމުން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އިޔާ އެންޑް ސޭލްގައި ދިނުމަށް ކަނޑައަޅާފައިވާ ޑިސްކައުންޓް ލިބޭނެއެވެ.

އިޔާ އެންޑް ސޭލްގައި ހާއްސަ ލަކީޑްރޯއެއް ނެގުމަށް ވެސް ދަމާސްއިން ވަނީ ރާވަފައެވެ. އެ ސޭލް ކުރިއަށްދާ މުއްދަތުގައި އެ ފިހާރަތަކުން ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ވައުޗަރެއް ލިބޭނެއެވެ. އަދި ސޭލް ނިމުމުން ގުރުއަތުން ނަސީބުވެރި ހަތަރު ފަރާތް ހޮވާނެއެވެ. އެ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ؛

އެއްވަނަ: 20،000 ރުފިޔާގެ ވައުޗާއެއް
ދެވަނަ: 15،000 ރުފިޔާގެ ވައުޗާއެއް
ތިންވަނަ: 10،000 ރުފިޔާގެ ވައުޗާއެއް
ހަތަރުވަނަ: 5،000 ރުފިޔާގެ ވައުޗާއެއް

ދަމާސް އިޔާ އެންޑް ސޭލްގައި ފަރުނީޗަރުން ބޮޑެތި ޑިސްކައުންޓުތައް ލިބޭނެ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްއެފްއެލްސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ދަމާސް އިޔާ އެންޑް ސޭލްގައި ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް