ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ގެ ފިރިކަލުން އިބްރާހިމް ޒާހިރު، 66، އަވަހާރަވެއްޖެއެެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ އިބްރާހިމް ޒާހިރު އަވަހާރަވީ ކަމުގެ ހަބަރު ލިބުނީ މިއަދު މެންދުރު 2:30 ހާއިރު ކަމަށެވެ.
މޭޔަރު އިތުރަށް ވިދާޅުވީ އިބްރާހިމް ޒާހިރު އަވަހާރަވީ އިންޑިއާގައި ބޭސް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.
އެގޮތުން އޭނާ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު އަހަރެއްހާ ދުވަސްވެފައި ވެދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
އިބްރާހިމް ޒާހިރު އަވަހާރަވީ އިންޑިއާގެ ކޮޗިންގެ ރަޖާގިރި ހޮސްޕިޓަލުގައެވެ.