ލީކުކޮށްލި ރިޔާސީ އިންތިހާބުގެ ތަހުގީގީ ރިޕޯޓަކީ ސައްހަ ލިޔުމެއް ނޫން: ފުލުހުން

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓުކަމަށް ބުނެ އާއްމުކޮށްފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ލިޔުމަކީ ފުލުހުންގެ ލިޔުމެއްކަން ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައި ސައްހަ ނޫން ލިޔުމެއް ކަމަށެވެ.

މީގެ އިތުރުން، ލިޔުމުގައި ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ދިވެހި ފުުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށޫމާ ގުޅިގެން ފުލުހުން ބޭނުން ކުރަމުން އަންނަ ނަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ކުރިގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ލިޔުމަކީ ރައްޔިތުންގެ ހިތުގައި ފުލުހުންގެ ހިދުމަތަަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދައިފައިވާ ލިޔުމެއް ކަމަށެވެ. އަދި އެ ލިޔުމަކީ ގަވައިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދައިފައިވާ ލިޔުމެއްކަމަށް ވާތީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެެ.

comment ކޮމެންޓް