މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ މަހު

ފަތުރުވެރިން ތަކެއް ހިންމަފުށީ މަގެއްގައި ހިނގާފައި ދަނީ: ހިންމަފުއްޓަކީ ގެސްޓް ހައުސް ވިޔަފާރީގައި މަޝްހޫރު ރަށެއް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު 144،725 ފަތުރުވެރިން އައިސްފައިވެއެވެ. އެގޮތުން މިދިޔަ މަހު އެވަރެޖުކޮށް ކޮންމެ ދުވަހަކު 4،824 ފަތުރުވެރިން އައިސްފައިވާ އިރު އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ މަހުގެ ފަހުކޮޅު، 5،987 މީހުންނެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައި ފަސް މާކެޓަކީ:

  • އިންޑިއާ: 29،708
  • ރަޝިއާ: 15،937
  • ޔޫކޭ: 15،117
  • ޖަރުމަނު: 13،705
  • ޔޫއެސްއޭ: 7،592

ޓުއަރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިމަހުގެ އެކަކާ ހަމަޔަށް ރާއްޖެއަށް ޖުމްލަ 1،162،425 ފަތުރުވެރިން އައިސްފައިވެއެވެ.

މުޅި އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ފަސް މާކެޓަކީ:

  • އިންޑިއާ: 261،164
  • ރަޝިއާ: 205،246
  • ޖާމަނީ: 83،817
  • ޔޫއެސްއޭ: 48،949
  • ޔޫކޭ: 46،177

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. އަދި މިއަހަރު ތެރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް ވަނީ މިމަހު 10 މިލިއަނަށް އަރައިފައެވެ.

https://sun.mv/159643

ރާއްޖޭގެ 99 ޕަސެންޓު ރިސޯޓު މުވައްޒަފުން މިހާރު ވަނީ ވެކްސިން ޖަހާފައެވެ. އަދި އޭގެ ތެރެއިން 95 ޕަސެންޓު މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

comment ކޮމެންޓް