ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އަދާލަތު ޕާޓީގެ ތޫބާ އައްޔަނުކޮށްފި

އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު ތޫބާ އަދި ރައީސް މުހައްމަދު ނަޝީދު ---

ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު ތޫބާ ރަޝީދު އައްޔަންކޮށްފިއެވެ.

އެ މަގާމަށް ތޫބާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި މަގާމުގެ މުސާރައަކީ އެލަވަންސްތަކާއެކު 25،000 ރުފިޔާއެވެ.

ތޫބާ ރަޝީދު ވަނީ އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ކެލާ ދާއިރާއަށް ނިކުންނަވާފައެވެ. ނަމަވެސް އިންތިހާބު ބޭއްވުމުގެ ތިން ދުވަސްކުރިން އޭނާ ވަނީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓަށް ތާއިދުކުރައްވާފައެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ ވެސް އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝަރީފްއެވެ.

comment ކޮމެންޓް