ކުޑަ ހުވަދޫން ކޮވިޑުގައި މީހަކު މަރުވެއްޖެ

ދ. ކުޑަހުވަދޫ -- ފޮޓޯ/ އެމްއާރްޑީސީ

ކޮވިޑް-19 ބަލީގައި އިތުރު މީހެއް މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ޖުމްލަ 252ކަށް އަރައިފިއެވެ.

މިއަދު މި ބަލީގައި މަރުވެފައިވަނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި މީހެކެވެ.

މަރުވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 07:10 ހާއިރެވެ.

ރެއާ ހަމައަށް އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން 100 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

އެގޮތުން މާލެ ސަރަހައްދުން 19 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުން 71 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91،993 ކަށް ވަނީ އަރާފައެވެ.

comment ކޮމެންޓް