މަނަދޫގައި ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓް ތައާރަފް ކޮށްފި

ނ. މަނަދޫގައި ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފި ---

ނ. މަނަދޫގައި ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެެ.

ދިރާގުން ބުނީ އެކުންފުނީގެ ފަައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާފައިވާ ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް މަނަދޫގެ ރައްޔިތުންނަށް މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވެންސް ހިމެނޭ ޕެކޭޖްތައްވެސް މި ހިދުމަތާއި އެކު މަނަދޫގެ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންގެ އެސިސްޓެންޓު މެނޭޖަރު ޖައިޝާން ހަމީދު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ޑިޖިޓަލް ކޮމިއުނިޓީތައް އުފައްދާ ބާރުވެރި ކުރުވަން ކަމަށެވެ.

"ދިރާގު ހައި ސްޕީޑް އިންޓަނެޓް ރާއްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ނ. މަނަދޫގައި ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ހޯދި އެންމެ ފުރަތަމަ ކަސްޓަމަރު ---

ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އަދި ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ.

އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 66 ރަށެއް ހިމެނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް