ޖައްވުގައިވާ އެކި ހިލަތަކުން ދުނިޔެ ސަލާމަތް ވާނެފަދަ ޓެކްނޮލޮޖީގެ އާލަތެއް ހުރިތޯ ޔަގީންކުރުމަށް ނާސާއިން ޖައްވީ އުޅަނދެއް އުފައްދާފިއެވެ.
ނާސާއިން ބުނެފައިވަނީ އުޅަނދު އުފައްދާ ޓެސްޓުކުރުމުގެ މަގުސަދަކީ ހިލަތައް ދުނިޔެއާ ދިމާއަށް އައުން ހުއްޓުވުމަކީ ކިހާ އުނދަގޫކަމެއްކަން ބަލައި ދެނެގަތުމަށެވެ.
ނާސާއިން ބުނާގޮތުން އެ އުޅަނދުގެ ޖައްވީ ދަތުރު ނިންމާލަނީ ޑިމޯފޯސް ކިޔާ ހިލައެއްގައި އުޅަނދު ޖެހޭ ހިސާބުންނެވެ. އަދި އެއަށްފަހު އޭގެ ބާރުމިނާއި ވަގުތާއި ދެނެގަނެވެއެވެ. އެފަދަ އެހެން ހިލައެއް ދިރާސާކުރުމަށްޓަކައި މީގެ ކުރިން ނާސާއިން އުފެއްދި އުޅަނދު ވަނީ އޭގެ މަންޒިލަށް ވާސިލްނުވެވެނީސް ގޮވާފައެވެ. އެއީ ގާތްގަނޑަކަށް ބުދަ ދުވަހެއްގެ އިރުއޮއްސި 6 ގަޑި ކޮންމެވެސް ވަރެއްގައެވެ. ނާސާއިން ބުނެފައިވަނީ އުޅަނދުތައް އުފެއްދުމުގެ ބޭނުމަކީ އެއްވެސް ފައިދާއެއް ނެތް ޖައްވުގައި އެކުލެވޭ ތަފާތު ހިލަތަކުން ދުނިޔެ ސަލާމަތްކުރާނެ ގޮތްތައް ދަސްކުރުން ކަމެވެ.
ސޫރުދަ ނިޒާމުގައި އެކުލެވޭ އެ ހިލަތައް މަދު ހާލަތްތަކެއްގައި އިރާއި ދުނިޔެ ވަށައިގެން ދައުރުވެއެވެ. އަދި އެގޮތަށް ދިމާވާނަމަ އިރާއި ދުނިޔޭގެ ވަށައިގެން ދައުރުވާ ހިލަތައް ޖެހި ދުނިޔެއަށް އޭގެ ބޮޑުއަސަރެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ޖައްވީ އުޅަނދު އަމާޒު ހިފާފައި ހުރީ ޖައްވުގައި އެކުލެވޭ ވަރަށް ކައިރީގައިވާ ދެ ހިލަކޮޅަށެވެ. އެއީ 780 މީޓަރު ދިގުމިން އެކުލެވޭ ޑިޑީމޮސްއާއި 160 މިޓަރު ދިގުމިން ހިމެނޭ ޑިމޯފޮސް ކިޔުނު ހިލަކޮޅުތަކަށެވެ.
އުޅަނދުގައި ވަނީ އުޅަނދުގެ ހާލަތްތަކާއި ޖައްވުގެ ހާލަތްތައް ދެނެގަތުމަށް ކެމެރާ ހަރުކުރެވިފައެވެ. އަދި މިކަމުގެ ސަބަބުން އުޅަނދުގެ މިސްރާބު ދެނެގަނެވޭ ފޮޓޯތަކާއި ވީޑިއޯތައް ނާސާއަށް ލިބުން ފަސޭހަވާނެއެވެ. އަދި މިސްރާބު ހުރީ ގޯސްކޮށްނަމަ ރަނގަޅު މިސްރާބު ހޯދޭނެއެވެ.