އަލްބަޓް އައިންސްޓައިން ތައްޔާރުކޮށްފައިވާ ލިޔުމެއް 11 މިލިއަން ޔޫރޯއަށް ވިއްކާލުމާއެކު ރިކޯޑެއް!

ތަފާތު ހިސާބުތަކާއެކު އަލްބަޓް ތައްޔާރުކޮށްފައިވާ ލިޔުމެއް 11 މިލިއަން ޔޫރޯއަށް ވިއްކާލައިފިއެެވެ. އެ ލިޔުމަކީ އަލްބަޓްގެ ތިއަރީއެއް ކަމަށްވާ ގްރެވިޓީ ނުވަތަ ރިލޭޓިވިޓީ ތިއަރީ ދައްކުވައިދޭ އުފެއްދުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ވިޔަފާރިއާއެކު ޕެރިސްގެ ރިކޯޑު ފޮތުން ވަނީ މި ވިއްކުމުގެ އަގު ޖާގަ ހޯދައިފައެވެ. އެވަރުގެ ބޮޑު އަގަކަށް ލިޔުން ވިކުނު ސަބަބެއް ކަމުގައިވަނީ ސައިންޓިސްޓް އަލްބަޓްގެ ސޮއި އޭގައި ފެންނަން އިނުމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސައިންޓިސްޓެއްގެ ސޮއި ފެންނަ ލިޔުމެއް ގެންގުޅެވުމަކީ ލިބިދާބެ ޝަރަފެކެވެ.

އަލްބަޓްގެ އެ މަސައްކަތް ދެތިން ސަފުހާއިން ފެންނަން އޮތް ކަމުގައި ވީނަމަވެސް އަލްބަޓަކީ ގިނަ މަސައްކަތްތަކެއް ކުރައްވާ ހޯދުންތައް ދިރާސާކުރައްވާ ކާމިޔާބު ސައިންޓިސްޓެކެވެ.

އަލްބަޓްގެ ތިއަރީއެއް ކަމަށްވާ ރިލޭޓިވިޓީ ނުވަތަ ގްރެވިޓީ ތިއަރީއަކީ 1915 ވަނަ އަހަރު ނެރެފައިވާ ނުވަތަ އާންމުންނަށް ދަސްވެ އެނގިފައިވާ ތިއަރީއެކެވެ. އެއިން ޖައްވުގެ އިލްމާއި ވަގުތާއި ދުނިޔެއާއި މުޅި ސޫރުދަ ނިޒާމުގެ ބާރު އެކުލެވިގެންވާ މިންވަރު ދެނެގަނެވެއެވެ.

އަލްބަޓް ލިޔެފައިވާ ލިޔުމަކީ 1913 އާއި 1914 ދެމެދުގެ އަހަރުތަކުގެ ތެރެގައި ލިޔެފައިވާ ލިޔުމެކެވެ. ނަމަވެސް މިހާތަނަށް އެ ލިޔުން އާންމުނާ ހަމައަށް ނެރެފައި ނުވަނީ އަލްބަޓްގެ އެކުވެރިޔާ މިޗެއިލް ބެސޯގެ އެދުމުގެ މަތިން ކަމުގައި އަލްބަޓް ބުނެފައިވެއެވެ.

އެ ލިޔުމަކީ ގްރެވިޓީގެ ތިއަރީ ހެދުމަށްޓަކައި ބޭނުންކުރެވިފައިވާ ލިޔުމަކަށްވާއިރު އެލިޔުމުގެ ހިސާބުތައް ހަދާފައިވަނީ ކަޅުކުލައިވެ ދެލިންނެވެ. އަދި އެ ކަރުދާސްތަކުން އެ ތިއަރީ ހެދުމަށްޓަކައި ކުރި މަސައްކަތްތައް ފެންނާނެކަމަށާއި ގިނަ ކުށްތައް ފާހަގަވިކަން އޭނާވަނީ ބުނެފައެވެ.

comment ކޮމެންޓް