އައިޝްވޭރިއާ ރާއްޖޭގައި: ރެއަކަށް ދެ ލައްކަ ރުފިޔާ ހަރަދު ކުރޭ

އައިޝްވާރިއާ ރާއީ

ބޮލީވުޑުގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއީ އަދި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން ދަރިފުޅުގެ އުފަން ދުވަސް ފާހަގަ ކުރަން ހޮނިހިރު ދުވަހު ވަނީ ރާއްޖެ އައިސްފައެވެ.

އިންޑިއާގެ ހަބަރުތައް ބުނާގޮތުން އެއާއިލާ ރާއްޖެ އައީ ނޮވެމްބަރު 16 ގައި ދަރިފުޅު، އަރަދްޔާ އަށް ދިހަ އަހަރު ފުރޭ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

މި ދެމީހުންވެސް ވަނީ ރާއްޖެ އައިސް އަމިއްލަ މޯލްޑިވްސް ރިސޯޓު އެންޑް ރެސިޑެންސް ގެ ފޮޓޯ އެއް އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައެވެ.

އަމިއްލަފުއްޓަކީ ލަކްޒަރީ ރިސޯޓަކަށް ވާއިރު އެރިސޯޓުގެ ވިލާތަކުގެ ތެރޭގައި ރީފް ވޯޓާ ޕޫލް ވިލާއާއި، ސަންސެޓް ވޯޓާ ޕޫލް ވިލާ، ލެގޫން ވޯޓާ ވިލާ، ލެގޫން ވޯޓާ ޕޫލް ވިލާ އަދި މަލްޓި ބެޑްރޫމް ރެސިޑެންސް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ވިލާތަކަކީ ޕްރައިވެޓް ޕޫލްގެ އިތުރުން ވިއު ހިމެނޭހެން ހުންނަ ތަންތަނެވެ.

އައިޝްވާރިއާ މިހާރު ހުރީ އެރިސޯޓުގައި ކަން އެނގުނު ނަމަވެސް އޭނާ ހުންނަނީ އޭގެތެރެއިން ކޮން ވިލާއެއްގައި ކަމެއް ނޭންގެއެވެ. އެހެންނަމަވެސް ހަބަރުތައް ބުނާގޮތުން އެތަނުގެ އެންމެ އަގުހެޔޮ ވިލާއަށް ވެސް ރެއަކަށް 15،000 ރުފިޔާ ދައްކަން ޖެހެއެވެ. ހަމައެހެންމެ އެންމެ ބޮދެތި ވިލާތަކަށް ރެއަކަށް 214،338 ރުފިޔާ ދައްކަން ޖެހެއެވެ.

އަމިއްލަފުށި ރިސޯޓުގެ އެންމެ އަގުބޮޑު ސްޓޭ އޮޕްޝަނަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

އައިޝްވާރިއާ އިންސްޓަގްރާމަށް ކޮށްފައިވާ އަމިއްލަފުށި ރިސޯޓުގައި ނަގާފައިވާ ފޮޓޯގެ ޕޯސްޓުގެ ކެޕްޝަނުގައި ޖަހާފައިވަނީ " އިރު، ވައިރޯޅި އަދި ސުވަރުގެ" އެވެ. މި ޕޯސްޓް މީގެ 24 ގަޑިއިރު ކުރިން ލައިފާވާއިރު 284،000 އަށް ވުރެ ގިނަ މީހުން ވަނީ ޕޯސްޓަށް ލައިކް ކޮށްފައެވެ.

ހަމައެހެންމެ މިމަހު ކުރީކޮޅު ވެސް އައިޝްވާރިއާ ވަނީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސްފައެވެ. އެގޮތުން އަބީޝެކް ވަނީ ނޮވެމްބަރު އެއް ވަނަ ދުވަހު ފޯ ސީސަންސް ރިސޯޓުގައި ނަގާފައިވާ އައިޝްވާރިއާގެ ފޮޓޮއެއް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށްފަހު ޕޯސްޓެއް ކޮށްފައެވެ.

ދޭވް ދާސް ގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއްޖެ އިން ދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 16 ގެ ފަހުން ކަމަށް ބެލެވެއެވެ.

އައިޝްވާރިއާގެ މަޝްހޫރު ފިލްމުތަކުގެ ތެރެއިން ދޫމް 2 އަދި އޭ ދިލް ހޭ މުޝްކިލް ފާހަގަ ކޮށްލެވެއެވެ. އަދި 2007 ވަނަ އަހަރު ނެރުނު "ގުރޫ" ފިލްމު ވެސް ވަނީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

comment ކޮމެންޓް