ރީތީގެ ރާނީ އައިޝްވާރިއާ ރާއްޖޭގައި

ބޮލީވުޑުގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއީ އަދި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން އާއިލީ ޗުއްޓީއަކަށް ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރުގައި އެދެމަފިރިންގެ އަންހެން ދަރި އާރަދްޔާ ވެސް އައިސްފައިވެއެވެ.

މި ދެމީހުންވެސް ވަނީ ރާއްޖެ އައިސް އަމިއްލަ މޯލްޑިވްސް ރިސޯޓު އެންޑް ރެސިޑެންސް ގެ ފޮޓޯ އެއް އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައެވެ. އައިޝްވާރިއާ ކޮށްފައިވާ ޕޯސްޓުގެ ކެޕްޝަނުގައި ޖަހާފައިވަނީ " އިރު، ދޯދި އަދި ސުވަރުގެ" އެވެ. މި ޕޯސްޓް މީގެ 5 ގަޑިއިރު ކުރިން ލައިފާވާއިރު ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ޕޯސްޓަށް ލައިކް ކޮށްފައެވެ.

އިންޑިއާގެ ހަބަރުތައް ބުނާގޮތުން އެއާއިލާ ރާއްޖެ އައީ ނޮވެމްބަރު 16 ގައި އަރަދްޔާ އަށް ދިހަ އަހަރު ފުރޭ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

ހަމައެހެންމެ މިމަހު ކުރީކޮޅު ވެސް އައިޝްވާރިއާ ވަނީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސްފައެވެ. އެގޮތުން އަބީޝެކް ވަނީ ނޮވެމްބަރު އެއް ވަނަ ދުވަހު ފޯ ސީސަންސް ރިސޯޓުގައި ނަގާފައިވާ އައިޝްވާރިއާގެ ފޮޓޮއެއް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށްފަހު ޕޯސްޓެއް ކޮށްފައެވެ.

ދޭވް ދާސް ގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއްޖެ އިން ދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 16 ގެ ފަހުން ކަމަށް ބެލެވެއެވެ.

އައިޝްވާރިއާގެ މަޝްހޫރު ފިލްމުތަކުގެ ތެރެއިން ދޫމް 2 އަދި އޭ ދިލް ހޭ މުޝްކިލް ފާހަގަ ކޮށްލެވެއެވެ. އަދި 2007 ވަނަ އަހަރު ނެރުނު "ގުރޫ" ފިލްމު ވެސް ވަނީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

comment ކޮމެންޓް