ވިކީގެ ފިލްމު 'ޗާވާ' އަންނަ އަހަރަށް ފަސްކޮށްފި

ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް ރަސްކަލެއްގެ ރޯލް ކުޅޭ ތާރީޚީ ފިލްމު "ޗާވާ" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ފިލްމު ގެނެސްދޭ ކުންފުނިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމު ކުރިން ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ މަހެވެ.

ނަމަވެސް، އަންނަ މަހުގެ ފަސްވަނަ ދުވަހަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ އެކްޓަރު އައްލޫ އަރުޖުންގެ ފިލްމު "ޕުޝްޕާ 2' ރިލީޒްވާ ތާރީޚަށްވެފައި އެ ފިލްމުގެ ހިޔަނި ވިކީގެ ފިލްމަށް އެޅިދާނެކަމުގެ ބިރު އޮތުމާ އެކު ފިލްމު ރިލީޒްކުރުން ވަނީ ލަސްކުރެވިފައެވެ.

ވިކީ ކޯޝަލް އަދި ބަތަލާ ރަޝްމިކާ މަންދަންނާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ "ޗާވާ"އަކީ މެޑޮކް ފިލްމްސްއިން ގެނެސްދޭ ވަރަށް ތާރީޚީ ފިލްމެކެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭ ފިލްމު ރިލީޒްކުރަން ނިންމާފައިވާއިރު މިއީ ވިކީގެ ކެރިއަރުގެ ވަރަށް އުންމީދީ ފިލްމަކަށް ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުގައި ވިކީ ކުޅެފައިވަނީ އިންޑިއާގެ ކުރީގެ ހަނގުރާމަވެރިއެއް ކަމަށްވާ ޗަތުރަޕަތީ ސަބާޖީގެ ރޯލެވެ.

ވިކީއާ އެކު މި ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ޕުޝްޕާ 2"ގެ ބަތަލާ ރަޝްމިކާ މަންދަނާ ކަމުން ދެ ފިލްމަށް ލިބޭ ކާމިޔާބީއަކީ ރަޝްމިކާއަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ޖުލައި މަހު ރިލީޒްކުރި ފިލްމު "ބޭޑް ނިއުސް"އިންނެވެ. ދަރުމާ ޕްރޮޑަކްޝަންސްގެ މި ފިލްމަކީ 2019ވަނަ އަހަރު އެ ކުންފުނިން ގެނެސްދިން ކާމިޔާބު ފިލްމު "ގުޑް ނިއުސް"ގެ ސީކުއަލްއެކެވެ.

comment ކޮމެންޓް