ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ ހަރަދުވި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ރާއްޖެ ވަޑައިގެން ހުންނެވި ހޮޓެލް ޖެންއަށް ސަރުކާރުން ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވާތާ މިހާރު 21 ދުވަސްވެފައިވާ އިރު އެކަމަށް 698،168 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ޖަރުމަންވިލާތާއި އިނގިރޭސިވިލާތުގައި ނަޝީދުގެ ބޭސް ފަރުވާއަށް 1.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަ ކުރިއެވެ. އެހެންކަމުން ރައީސް ނަޝީދުގެ ބޭސް ފަރުވާއަށާއި ޖެންގައި ހުންނެވުމަށް މިހާތަނަށް ހޭދަކޮށްފައިވާ އަދަދު މިހާރު 2.4 މިލިއަނަށް އަރައެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވީ އެމަހުގެ 13ގައެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ޖުލައި 21ގައެވެ.

https://sun.mv/157829

އެއަށް ފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގެންނެވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ.

https://sun.mv/157925

ރައީސް ނަޝީދު ވިދާޅުވީ އޭނާ ހޮޓެލް ޖެންގައި މިވަގުތު މަޑުކުރައްވަނީ ސަރުކާރުން މަޖިލީހުގެ ރައީސަށް ހަމަޖައްސާ ރަސްމީގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށެވެ. އަދި ހޮޓެލް ޖެންގައި ހުންނަން ޖެހިވަޑައިގަތް ނަމަވެސް ބޭނުންފުޅު ވަނީ އަމިއްލަ ގޭގައި މަޑުކުރައްވަން ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް