ލަންކާގެ ކަމްބެކް: ދިވެހިންނަށް ލިބުނު ސިހުމާއި ފިލާވަޅު

ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

މެޗު ފަށައިގެން 10 މިނަޓު ނުކުޅެވި އުޅެނިކޮށް ރާއްޖެއިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. ފުރަތަމަ ހާފު ނިމެނިކޮށް އިބްރާހިމް މަހުދީގެ ހިތްގައިމު ގޯލާއި، ދެވަނަ ހާފު ފަށައިގެން އަލީ އަޝްފާގުގެ ސޯލޯ ގޯލުން ދިވެހިން ތިބީ އުފަލުން ފޮޅިފައެވެ. މެޗުގެ އޮއެވަރު ދިޔަގޮތުން ބެލެވިފައި އޮތީ އަދިވެސް އިތުރު އެތައް ގޯލެއް ރާއްޖެއިން ހޯމް ޓީމު ސްރީލަންކާ ކޮޅަށް ވައްދާލާނެ ކަމަށެވެ.

ކަންތައްވީ ދިމާ އިދިކޮޅަށެވެ. ލަންކާއިން ފަހަތުން އަރައި ފަތިފައްޗަށް ގޯލުތައް އަމުނާލީއެވެ. ފުޓުބޯޅައިގައި މަދުން ނޫނީ ނުފެންނަ ވަރުގަދަ "ކަމްބެކް" ފުރިހަމަކުރީއެވެ. ހަތަރު ގޯލުގެ ލީޑު ރާއްޖެއަށް ހިފަހައްޓާ ނުލެވުނު އިރު، ތަފާތަކަށްވީ ލަންކާގެ މިޑްފީލްޑަރު ރަޒީކް ވަސީމްއެވެ. ލަންކާގެ ހަތަރު ގޯލުވެސް ރާއްޖެ ކޮޅަށް ވައްދާލީ އޭނާއެވެ.

މިއީ ރާއްޖެއަށް ހަމަގައިމުވެސް ލަދުވެތި ނަތީޖާއެކެވެ. ސާފް ޗެމްޕިއަންޝިޕު މެޗެއްގައި ރާއްޖެއިން ލަންކާ ކޮޅަށް 10 ގޯލު ވައްދާލިތާ އަހަރުތަކެއް ފަހުން މިއަހަރުގެ ސާފުގައި އެ ޓީމުން އެ ފަރަގު ކުޑަ ކުރި ނަމަވެސް ފަހަތުން އަރައި އެހާ ބޮޑު ލީޑެއް ރާއްޖެ އަތުން ދަމައިގަތުން ވެގެން ދިޔައީ އެތައް ބަޔަކަށް ސިހުން ގެނުވި ކަމަކަށެވެ.

އެގޮތުން ރާއްޖެއިން 2008 ވަނަ އަހަރު ލަންކާގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ވެރިކަމުގައި ހުންނެވި މައުމޫނަށް މިއަދަކީ ފުޓުބޯޅައިގައި "ގަބޫލުކުރަން" ދަތިވި ދުވަހެއް ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

"މިއީ ވަރަށް ބޮޑު މާޔޫސްކަމެއް. 4-0 ގެ ލީޑާއެކު އަހަރަމެން ކުޅުނީ އުންމީދާއެކު. އެކަމަކު ދެން ފެނުނީ 4-4 ގެ ނަތީޖާއަކާއެކު މެޗުން އެއްވަރުވި މަންޒަރު. މިއީ ގަބޫލުރަން އުނދަގޫ ކަމެއް،" މައުމޫން ވިދާޅުވިއެވެ.

ރާއްޖެއިން ފަސޭހަކަމާއެކު ލީޑު ކުރަމުން ގޮސް، މެޗުގެ ފަހު 30 އަކަށް މިނެޓުގައި މެޗުގެ އޮއިވަރު ބަދަލުވެ، ލަންކާގެ ވަސީމް ރަޒީކްގެ ހަތަރު ގޯލާއެކު ނަތީޖާ 4-4 އިން އެއްވަރުވެގެން ނިމުމަކީ ދިވެހި އެއްވެސް ރައްޔިތަކަށް، ހުދު މައުމޫނަށްވެސް ގަބޫލުފުޅުކުރައްވަން ފަސޭހަވި ނަތީޖާއެއް ނޫނެވެ.

ރާއްޖޭގެ މި ނަތީޖާ ނިއުރޭޑިއަންޓްގެ ކޯޗުކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދި ސްޕެއިންގެ ކޯޗު އޮސްކާ ބުރޫޒޯން އަޅާ ކިޔާލީ ސްޕެނިޝް ލީގުގައި މިފަހުން ކުޅުނު މެޗަކާއެވެ. ވަރުގަދަ ބާސެލޯނާއިން ތިން ގޯލު ޖަހާފައިވަނިކޮށް ސެލްޓާ ވީގޯއިން ފަހަތުން އަރައި ތިން ގޯލު ޖެހީއެވެ.

އޮސްކާ ބުނި ގޮތުގައި މި ދެ މެޗުގައި ވެސް ކަންތައް ދިމާވީ އެއްކަހަލަ ގޮތަކަށެވެ. ދެ ދުވަހެއްގެ ތަފާތު ދެ މެޗަކަށް ވިޔަސް މެޗުގައި ދިމާވީ އެއްކަހަލަ ކަންތައްތަކެއް ކަމަށް އޮސްކާ ބުންޏެވެ. އެގޮތުން އެ ދެމެޗުގައި ވެސް ނަތީޖާ އެނބުރުނީ ފަހު މިނަޓުގައި ކަން އޮސްކާ ފާހަގަކުރިއެވެ.

މި ބައްޔަކީ ދިވެހިންގެ ހިތްފަޅައިގެން ދިޔަ ބައްޔަކަށްވީއިރު، މި ނަތީޖާއިން ރާއްޖެއަށް އެތައް ފިލާވަޅުތަކެއް ވެސް ލިބުނެވެ. އޭގެން ދަސްވި އެއްކަމަކީ މެޗުގައި 90 މިނަޓު ކުޅެން ޖެހޭ ކަމެވެ.

މި މެޗުން ދަސްކުރަން ޖެހޭ ފިލާވަޅަކީ 60 މިނިޓުން ކަމެއް (މެޗެއް) ނުނިމޭނެކަން. 90 މިނިޓްގެ ގޭމެއް ފުޓްބޯޅަ އަކީ. އަހަރެެމެން ރަނގަޅަށް މަސައްކަތްކުރަން ޖެހޭ ފިޓްނަސް އަށް. ފަހުން މި ފެނުނީ ފިޓްނަސްގެ ކަންކަމޭ ބުނެވޭނީ،" ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އޭނާގެ ފުރަތަމަ މެޗަށްފަހު ބުންޏެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު މޮރިއޭރޯ ބުނީ މެޗުގެ ފުރަތަމަ 60 މިނިޓް ތެރޭ ފެނުނީ އޭނާ ބޭނުންވި ފުޓްބޯޅަ ކަމަށާއި ފަހުން ހިނގާދިޔަ ކަންތައްތަކީ އޭނާ ވެސް ގައުމީ ކުޅުންތެރިއަކު އަދި ދިވެހި އެއްވެސް ސަޕޯޓަރަކު ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ.

ރާއްޖެއަށް ދެން ވެސް އޮތީ ވަރުގަދަ މެޗެކެވެ. ރަނގަޅު ފޯމެއްގައި އޮތް ބަންގަލަދޭޝްއާ ދެކޮޅަށް ކުޅޭ އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ސާފުގައި އެ ދެ ޓީމު ބައްދަލުވި މެޗުން ރާއްޖެ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. އެކަމަކު އެ ނަތީޖާއަކީ ކުރިއަށް އޮތް މެޗުގައި ދިމާވާނެ ހާލަތަށް ބެލޭނެ މެޗެއް ނޫނެވެ.

comment ކޮމެންޓް