ކުރާ ކޮންމެ ވިޔަފާރިއަކާ އެކު ހިލޭ ލުއި ކާނާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ފްލެމިންގޯ ސޭލްސް ޕްރޮމޯޝަން ކުރިއަށް ދާ އެއް ފިހާރަ: ގަންނަ މާޓު -- ސަން ފޮޓޯ / މުހައްމަދު ހައްޔާން

އޭޑީކޭ ޖެނެރަލް ޓްރޭޑިން އަދި ގަންނަ މާޓުން ކުރާ ކޮންމެ ވިޔަފާރިއަކާ އެކު "ހަންޓާ ފުޑްސް"ގެ ލުއި ކާނާ ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ފްލެމިންގޯ ސޭލްސްގެ ނަމުގައި މި ޕްރޮމޯޝަން ފަށައިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ސްޓޮކް ހުސްވުމާ ހަމައަށް ކަމަށްވެސް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުންޏެވެ.

ލުއި ކާނާގެ ގޮތުގައި ޗިޕްސް އަދި ބިސްކޯދު ފަދަ ތަކެތި ލިބޭނެއެވެ.

ފްލެމިންގޯ ސޭލްސް އާއި އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ އެހެން އުފެއްދުންތަކާ ގުޅޭ މައުލޫމާތު، ވައިބާ ހޮޓްލައިން ނަންބަރު 7885965 އަށް ގުޅައިގެން ނުވަތަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ވައިބާ ކޮމިއުނިޓީއިން ބަލައިލެވޭނެއެވެ.

comment ކޮމެންޓް