އިޓަލީގެ ފެންވަރު ރަނގަޅު ރެޖިއާ ޕާސްޓާ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން، އިޓަލީގެ ފެންވަރު ރަނގަޅު ރެޖިއާ ޕާސްޓާ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި: އޭޑީކޭ ޖެނެރަލް ޓްރޭޑިން، ޖީޓީ ސްނެޕް އަދި ގަންނަ މާޓުން ލިބޭނެ -- ފޮޓޯ/ އޭޑީކޭ ޖެނެރަލް ޓްރޭޑިން

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން، އިޓަލީގެ ރެޖިއާ ބްރޭންޑްގެ ޕްރީމިއަމް ޕާސްޓާ އަދި ސްޕެގެޓީ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފިއެވެ.

އެ ބްރޭންޑުން ވަރަށް ގިނަ ވައްތަރުގެ ޕާސްޓާ ޝޭޕްތަކާއި ސައިޒުތައް ލިބޭނެއެވެ. އޭގެ ތެރޭގައި އެ ބްރޭންޑްގެ ސިގްނޭޗާ ސްޕެގެޓީ، ޕެނޭ، ފުސިލީ އަދި އިތުރު ވައްތަރުތައް ކަމުގައިވާ ގްލުޓަން ފްރީ، ހޯލް ވީޓްގެ ބާވަތްތައް ވެސް ހިމެނެއެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުނީ ރެޖިއާ ބްރޭންޑުގެ ޕާސްޓާ ހޯލްސޭލްކޮށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ އޭޑީކޭ ޖެނެރަލް ޓްރޭޑިން ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އަދި ރީޓެއިލްކޮއް، ޖީޓީ ސްނެޕް ސޯސަން މަގު، ގަންނަމާޓް ބުރުޒު މަގު އަދި ގަންނަމާޓް-2 ހުޅުމާލެ ފޭސް ދެއަކުން ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ގަންނަ މާޓު މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެ އުފެއްދުން އޯޑާކުރުމުން ގެއައް ހިލޭ ޑެލިވާ ކޮށްދޭނެއެވެ. އެ އެޕްގެ ސަބަބުން ބިޒީ މަސައްކަތާއި ސްކޫލް ޝެޑިއުލްއަށް ބުރޫ ނާރާހެން، ކަސްޓަމަރުން ބޭނުންވާ ވަގުތެއްގައި އޯޑަރުކުރުމުން ފަސޭހައިން ޑެލިވަރީކޮށްދޭނެއެވެ.

ރެޖިއާ އާއި އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ އެހެން އުފެއްދުންތަކާ ގުޅޭ މައުލޫމާތު، ވައިބާ ހޮޓްލައިން ނަންބަރު 7885965 އަށް ގުޅައިގެން ނުވަތަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ވައިބާ ކޮމިއުނިޓީއިން ބަލައިލެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އިޓާލިއަން ތަރިކައާއެކު، ރެޖިއާ މަޝްހޫރުވެފައިވަނީ 100 ޕަސެންޓު ޑުރަމް ވީޓް ސެމޮލީނާއިން އުފައްދާ މަތީ ފެންވަރުގެ ޕާސްޓާ އުފެއްދުންތަކަށެވެ.

މިއީ ކޮންމެ ކެއުމަކަށް ވެސް އިޓަލީގެ އަސްލު ރަހަ ގެނެސްދޭ، މީރު ރަހައާއި "އަލް ދެންޓޭ ޓެކްސްޗާ" ކަށަވަރުކޮށްދޭ އުފެއްދުމެކެވެ. މިއީ އާންމު ރެސިޕީތަކަށާއި ޒަމާނީ ކަލިނަރީ އުފެއްދުންތަކަށް ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ.

އިޓަލީގެ ކަމްޕާނިއާ ސަރަޙައްދުގައި އުފައްދާ ރެޖިއާ ޕާސްޓާ ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޝެފުންނާއި ގޭގައި ކައްކާ މީހުންގެ މެދުގައި އެންމެ ބޮޑަށް އިސްކަންދޭ ޗޮއިސްއަކަށް ވެފައެވެ.

comment ކޮމެންޓް