އޭޑީކޭގެ ''ބެޑްލެބް'' ޕްރޮމޯޝަންގެ އިނާމު ލިބޭ ނަސީބުވެރިން ހޮވައިފި

މެޑްލެބް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް މިއަދު ބޭއްވި އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

މި އަހަރު ޖޫން މަސް ތެރޭގައި އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ކުރިއަށް ގެންދިޔަ "ބެޑްލެބް" ޕްރޮމޯޝަންގެ އިނާމު ލިބޭ ނަސީބުވެރީން ހޮވައިފިއެވެ.

މިއަދު އޭޑީކޭ ޓަވަރުގެ ނުވަވަނަ ފަންގިފިލާގައި އޮތް ރަސްމިއްޔާތުގައި މުޅިއެކު ފަސް ފަރާތެއް ވަނީ ގުރުއަތުން ހޮވާފައެވެ.

މި ގުރުއަތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ބޯސް ސައުންޑް ލިންކް މައިކްރޯ ބްލޫޓޫތު ސްޕީކަރު ދީފައިވެއެވެ. އަދި, އެއްވަނައަށް ޑީޖޭއައި މިނީ 2 ފްލައިމޯ ކޮމްބޯ ޑްރޯނެއް ވަނީ ލިބިފައެވެ.

އޭޑީކޭ ކޮމްޕެނީގެ މާކެޓިން އެގްޒެކެޓިވް މުޙައްމަދު އަހުސަން ވިދާޅުވީ މި އިނާމުތައް، ކުރިއަށް އޮތް ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި އޭގެ ހައްގުވެރިންނަށް ހަވާލު ކުރާނެ ކަމަށެވެ.

އަހުސަން ވިދާޅުވީ މި އަހަރުގެ ޖޫން މަހުން ފަށައިގެން އޯގަސްޓް މަހުގެ 15އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައި އޮތް މި ޕްރޮމޯޝަންގެ މުއްދަތު އެ މަހުގެ 31ގެ ނިޔަލަށް އިތުރުކުރީ ކަސްޓަމަރުން އެ ކަމަށް އެދެމުން ދިއުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ މި ޕްރޮމޯޝަން ވެގެން ދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ތަރުހީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށް ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ގިނަ ޕްރޮމޯޝަންތައް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް