ސްޓެލްކޯގެ އައު މޮޑެލްއެއްގެ ޖަނަރޭޓަރު ވ. ތިނަދޫއަށް

ސްޓެލްކޯގެއާ މޮޑެލްއެއްގެ ފުރަތަމަ ޖަނަރޭޓަރު ވ. ތިނަދޫއަށް ގެންދަން ތައްޔާރުވެފައި -- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯއިން ސްޓެވޯ ބްރޭންޑްގެ އެސްޓީޑަބްލިޔު500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާނިމި، މިހާރު ވ. ތިނަދޫއަށް ފޮނުވާލުމަށްޓަކައި ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް މިހާރު މިވަނީ އެސެމްބަލް ކުރެވި، ބާޒާރަށް ނެރެން ތައްޔާރު ކުރެވިފައެވެ.

ސްޓެލްކޯއިން ބުނީ މި އާ މޮޑެލްއާއެކު މިހާރު ޖުމްލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކުރެވިފައި ވާކަމަށެވެ. އެއީ އެސްޓީޑަބްލިޔު 300، 500، 600 އަދި 800 އެވެ.

މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

https://sun.mv/158227

މިދިޔަ މަހުގެ ހަތަރުވަނަ ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް، މިދޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އދ. ހަންޏާމީދޫއަށް ގެންގޮސްފައެވެ.

comment ކޮމެންޓް