ސްޓެލްކޯއިން އެސެމްބަލް ކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް ހަންޏާމީދުއަށް

މި މަހުގެ ހަތަރުވަނަ ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންޏާމީދޫއަށް ގެންގޮސްފިއެވެ.

މިޖަނަރޭޓަރު ސެޓަކީ 300 ކިލޯވޮޓުގެ 300 އެސްޓީޑަބްލިއު މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ އެސްޓީޑަބްލިއުގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެއީ އެސްޓީޑަބްލިޔު 300، 600 އަދި 800 އެވެ.

މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެއެވެ.

އެ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާއެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށްވެސް މުގުނީ ވިދާޅުވިއެވެ.

comment ކޮމެންޓް

comment ކާނަލް އާޒިމް

3 year 6 month ago

ކަރަނޓް ބިލިުން ވައްކަން ކުރުން ހުއްޓާލަން ޖެހޭ!

comment ށަލީ

3 year 6 month ago

ކޮންތާކު ކަހާލި ޖަނެރޭޓަރެއްގަ އަމިއްލަ ކޮށްލައިގެން ތިއުޅެނީ

comment ނަސީމާ

3 year 6 month ago

ސްޓެލްކޯއިން މަގުތައް ހުޅުވާ ނުލަންޏާ ކޮންމެ އަކަފޫޓަކަށް ދައުލަތަށް ޖުރިމާނާ ދައްކަން ޖެހޭ ގޮތަށް ހެދީމާ ދައުލަތަށް ވަރަށް ފައިދާ ކުރާނެ ، ނޫނީ ލިބެ ލާރި މާލޭ ސިޓީއަށް ލިބޭނެ ގޮތް ހެދުން އެދެން

comment ހާނިމް

3 year 6 month ago

ކޮބާތަ އަދި ވެސް ރައްޔިތުންގެ މަގުތައް ހުޅުވާލަން ނުވޭތަ، އަވަހަށް ރައްޔިތުންގެ މަގުތައް ހުޅުވާލާ، ކިހާ ފައިދާއެއް ވާ ކުންފުންޏެއް، ނުނީ މަގުން ކުލި ނަގަން ޖެހިދާނެ