ކުއްޖާއަށް 28 ދުވަސް ވުމުން އާސަންދަ ހޯދަން މިއަދުން ފެށިގެން އައިޑީކާޑު ބޭނުންވާނެ

މީހަކު ތުއްތު ކުއްޖެއް ގޮވައިގެން މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްޖާއަށް 28 ދުވަސް ވުމުން އާސަންދަ ހޯދަން މިއަދުން ފެށިގެން އައިޑީކާޑު ބޭނުންވާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ބަދަލު ކުރި އުސޫލުތަކުގެ ތެރޭގައި، އުފަންވާ ކުދިންނަށް 28 ދުވަސް ވުމަށް ފަހު ވެސް މަންމަގެ އައިޑީކާޑުން ހިދުމަތް ދެވޭނެ ގޮތް ވަނީ ހަދާފައެވެ.

ނަމަވެސް މިއަދުން ފެށިގެން އެ އުސޫލަށް ބަދަލު އަންނާނެ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

ހިދުމަތް ހޯދާއިރު އައިޑީކާޑު ފަދަ ތަކެތީގެ ކޮޕީއާއި ފޮޓޯއަށް އާސަންދައިގެ ދަށުން ހިދުމަތް ދިން ނަމަވެސް އެ ކުންފުނީގެ އުސޫލަކީ އެ ތަކެތީގެ އަސްލު ގެންދިއުމުން ހިދުމަތް ދިނުން ކަމަށްވެސް އާސަންދައިން ފާހަގަކުރިއެވެ.

އެހެންކަމުން، ހިދުމަތް ހޯދުމަށްޓަކައި ކާޑުގެ އަސްލު ދެއްކުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ކޮވިޑާ ގުޅިގެން ބަދަލު ގެނައި އުސޫލުތަކުގެ ދަށުން މިދިޔަ މަހުން ފެށިގެން، ދިގު މުއްދަތަަށް ބޭސް ކާ މީހުންގެ ބޭސް ސިޓީއަށް، ބޭސް ދޫކުރަނީ އެއް ފަހަރު ކަމަށް އާސަންދައިން ވަނީ ނިންމާފައެވެ. އެހެންކަމުން އެފަރާތްތަކަށް މިހާރު ދެވަނަ ފަހަރަށް ބޭސް ނެގޭނީ ޑޮކްޓަރު އަލުން ބޭސް ސިޓީއެއް ލިޔެދިނުމުންމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް