ރަށް ތަރައްގީވުމަކީ ހަމައެކަނި ބަނދަރެއް ހުޅުވާލުމެއް ނޫން: އަސްލަމް

ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރ މުހަންމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމައެކަނި ބަނދަރެއް ހުޅުވައިލެވުމަކީ ރަށް އުމްރާނީ ގޮތުން ކުރިއަރައި ތަރައްގީވުމެއް ނޫންކަމަށް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަށެއް ތަރައްގީވުމަށް ޓަކައި ފުރިހަމަވާންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.

"އަޅުގަނޑުމެންގެ މަގަތު ފާލަމަކީ ގިނަ ދުވަހަށް ހުންނާނެ، ކޮންކްރީޓް ޕައިލް ޖަހާފައި ހުންނަ ފާލަމެއް. ބޭރުު ތޮށި އަޅުގަނޑުމެން މި ހަދަނީ ބޮޑު ހިލަ ޖަހައިގެން. މި މަސައްކަތް އަދި ކުރުމަކުންނެއް އަޅުގަނޑު ގަބޫލްކުރަނީ ރަށުގެ ތަރައްގީގެ މަސައްކަތްތައްކޮށް ނިމުނީ ނޫންކަމަށް،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ޒަމާން ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ. އެގޮތުން އިގްތިސާދީ ގޮތުންނާއި، އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި ތަރައްގީގެ ގޮތުން މިއަދު ވެސް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވިއެވެ،

އެއާއެކު އަސްލަމް ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް އެންމެ މުހިންމު ހިދުމަތްތައް ފުރިހަމަވާންޖެހޭކަމަށެވެ.

"ފެނާއި ނަރުދަމާ އަޅަންޖެހޭ، އަޅުގަނޑުމެންގެ ސިއްހީ ނިޒާމު ފުރިހަމަކުރަންޖެހޭ، ތައުލީމީ ނިޒާމު ކުރިއަރުވަންޖެހޭ، ބައެއް ރަށްރަށުގެ މަގުތައް ހަދަން ޖެހޭ، އިދާރީ ގޮތުން ދައުލަތް ހިންގުމަށް ބޭނުންވާ އޮފީސްތައް ހަދަން ޖެހޭ. އެހެންވީމާ ތަރައްގީގެ ހަރުފަތްތަކުގައި އަޅުގަނޑުމެން އަދި ދާން އެބައޮތް ވަރަށް ދުރަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ ސަރުކާރުގެ ވައުދުތަކުގެ 90 ޕަސެންޓުގެ މަސައްކަތް ފެށިފައިވާކަމަށެވެ. އެގޮތުން ފެނުގެ ހިދުމަތް ގާއިމްކުރުމުގެ 119 މަޝްރޫއެއްގައި މިހާރު ސޮއިކޮށްފައިވާއިރު 59 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ނަރުދަމާގެ މަސައްކަތް 90 ރަށެއްގައި ކުރުމަށް ހަވާލުކޮށްފައިވާއިރު 54 ރަށެއްގައި މަސައްކަތް ފެށިފައިވާކަމަށެވެ. އަދި 16 ރަށެއްްގައި މަސައްކަތް ނިމިފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދި އިތުރު މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ގެދޮރުގެ މަޝްރޫގެ 251 މަޝްރޫއެއްގައި ސޮއިކޮށް 125 މަޝްރޫއެއްގެ މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ ކޮންކްރީޓް މަސައްކަތް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބާރަށް ކުރެވެމުން އެބަދޭ،" އަސްލަމް ވިދާޅުވިއެވެ.

ހިމަންދޫގައި އޮތް ޖަލްސާގައި އަސްލަމްގެ އިތުރުން ރައީސް ސޯލިހު ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން އެމަނިކުފާނުވަނީ އެއްވެސް ރަށެއް ތަފާތުނުކުށް ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފަައެވެ.

comment ކޮމެންޓް

comment ނަޝީދު

3 year 6 month ago

ރަށަށް އެރެނީ ބަނދަރު އޮތީމައޭ. އަރާނެމީހަކު ވަނީވެސް. އަސްލަމް ފޮނިނުކަނޑާ ތިބުނާ ތަރައްގީތައް ރައްރަށަށް ގެންނަންވީނު.

comment އަކޫ

3 year 6 month ago

ހަމައެކަނި މާލެ ތަރައްގީ ކުރިޔަސް ދިވެހިންނަށް ވާނެ ފައިދާއެއް ނެތް އަސްލަމޫ

comment ބިޝާރަ

3 year 6 month ago

ކޮންކްރީޓް ތަރައްގީ ގެނައުން އެޖެންޑާ ކުރުމުގައި މިއެންމެން މިއުޅެނީ ކީއްވެބާ. ބިއްޖެހި ގިނަވެފައިވާ ޒުވާން އާބާދީ އަދި އިޖުތިމާއީ ތަރައްގީ ކޮބައިތޯ

comment އަލިބެއްޔާ

3 year 6 month ago

ތަރައްގީއަކީ ހަވަރު ތިނަދޫގަ ޔާމިން ސަރުކާރުން ހިއްކާފަ އޮތް ބިޔަ ބޮޑު ބިން ޖަންގަޅިވާން ދޫއްކޮއްލުމެވެ. ރައްޔިތުންނަށް ގޯތި ދިނުމަކީ ތަރައްގީއެއްނޫން ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ޕްރޮފެސަރ ސައުދު އަލީ ބުނީ. އޭނާ ބުނީ ހަޅޭލަވަލަވަ ތިބޭށޯ. 2023ގަ ހަޅޭ ލަވަލަދޭނަމޭ ނިކަން ރަނގަޅަށް.

comment ހިޔާ

3 year 6 month ago

ފުލުހުންގެ ފުލެޓުތައް ނިންމަން ބަޔަކާ ހަވާލު ނުކޮށް ތިޔަ ލަސްކުރަނީ އަދިވެސް އެކަމުން ފައިދާ ނަގަން ތޯ.

comment ހިޔަމަ

3 year 6 month ago

ބަލަ ތިކަން ނޭގޭ މީހަކު ނެތޭ. ދެން ކަލޭމެން ކޮށްދެނީ ކޮންކަމެއްތޯ.

comment ކުރިކީލަ

3 year 6 month ago

ކޮންމެހެން ކުރަންޖެހިގެންނޭ ތިޔާ ބުނާ ވާހަކަ މުޅިއަކުން ރަގަޅެއްނޫންހެން ހީވޭ. ތިކާރީސާގެ ކުރީރޭ އެހެން އަތޮޅަކަށް ދާން ފުރާފައި ނުދުއްވިގެން އެރޭ މެންދަމު އަނބުރާ މާލެއަށް އައީމެއްނޫންތޯ..

comment އިބްރާ

3 year 6 month ago

ރައްތަރަށްޤީވުމަކީ މި ސަރުކާރުގެ ވެރިން އިންތިހާއަށް ދޮގުހެމެވެ. މަކަރާއި ހީލަތް ހެދުމެވެ. އޮޅުވާލުމެވެ.

comment ސައްދާ

3 year 6 month ago

އިންޑިޔާގެ މަހާލްދީބު ސުޓޭޓުގަ އެއީވެސް ވަރައް ބޮޑުވަރެއް އިނގޭތޯ.

comment ހާދަހާ

3 year 6 month ago

އަސްލުވެސް ބާކީ އޮތް 2 އަހަރުވެސް ހަމަ ތިޔަހެން ކިޔަކިޔާ ތިބުން.

comment ބޭބެ

3 year 6 month ago

ބޭކާރު އަނގަ މިނިސްޓްރުން ތަޅުއްވާނެ ކަމެއް ނެތް. މާލޭގެ ސަރުކާރު އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުންނަށްވެސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭ ގޮތް ހެދީމަ ގިނަ މައްސަލަތަކަށް ހައްލު އަންނާނެ. ކޮވިންޑުން ދަސްވިގޮތަށް ގޭގައި ތިބެގެން އިންޓަނެޓުން މަސައްކަތްކުރެވޭ ގޮތް ހެއްދެވީމަ ނިމުނީ. މާލެއިން ފްލެޓެއް ވެސް ބޭނުމެއް ނޫން.

comment އައްލާ

3 year 6 month ago

ތަރައްގީ އަކީ އިންސާނާގެ ހިތް..އެއީ ކޮންކްރީޓާއި މެޝިނަރީސް ، އަދި އުޅަދު ފަހަރެއްވެސް ނޫން..އޭނަގެ ހިތައްގެންނަންވީ ތިމަންނާ މަސައްކަތް ކުރީމަ ލާރި އޮހޭނެކަކަން..އެއޮތީ ތަރައްގީ..އެއީ މިނިކާރާއްޖޭގެ އެޖެންޑާ 19.