ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރުމުގރ ތެރެއިން -- ފޮޓޯ/ ޕްލޭނިންގް މިނިސްޓްރީ

ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ފްލޭނިންގް މިިނިސްޓްރީން އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

އެކަމަށް ޓަކައި މިއަދު ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ.

އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ޖޯގަން ފެލްޑް ބޯގް ސްކާރަޕެވެ.

ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރުމުގރ ތެރެއިން -- ފޮޓޯ/ ޕްލޭނިންގް މިނިސްޓްރީ

ޑިޒައިން އެންޑް ބިޑް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ކުޑަރިކިލުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުންޏެވެ.

ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގައި 100 މީޓަރުގެ ތިން ބްރޭކްވޯޓާއާއި 150 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމު ކުރާނެއެވެ.

މި މަޝްރޫއުގެ ތެރޭގައި، ރަށުގެ އިރުމަތީ ފަރާތާއި ދެކުނުފަރާތު ގޮނޑުދޮށަށް ފަސްއެޅުމާއި ބީޗް ޕްރޮފައިލްކުރުން ވެސް ހިމެނެއެވެ.

މި މަޝްރޫއު ހަވާލު ކުރި އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑުން ދަނީ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ބަނދަރުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.

comment ކޮމެންޓް