ފިލްމީ ތަރި މުއާއަށް އަނެއްކާ ވެސް ސިޔާސީ މަގާމެއް

ޖުލައި 30، 2017: މިއަހަރު ރޯދަމަދު ބޭއްވި އޮފީސްތަކުގެ ޓެލެޑުރާމާ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ)، އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)ގެ ސިޔާސީ މަގާމަކަށް އައްޔަންކޮށްފިއެވެ.

މުއާ އައްޔަން ކޮށްފައިވަނީ އެންސީއޭގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމަށެވެ. ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވަނީ މުއާ އެ މަގާމަށް އައްޔަންްކޮށްފައިވާކަން ޔަގީންކޮށްދެއްވާފައެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް އެންސީއޭގެ މަގާމެއް ފުރާފައެވެ. އެގޮތުން 2014ވަނަ އަހަރާއި 2017ވަނަ އަހަރު އޭނާ އަދާކޮށްފައިވަނީ އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަމުގެ މަގާމު އަދާކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ދެ ފަހަރު ވެސް އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މުުުއާއަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ތަރިއެކެވެ. އެކްޓުކުރުމުގެ އިތުރުން ފިލްމު ޑައިރެކްޓުކުރުމުގެ މަސައްކަތް ވެސް އޭނާ ކުރެެއެވެ.

comment ކޮމެންޓް